ads
ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން -- ފޮޓޯ: ހޯމް މިނިސްޓްރީ
150 ޕްރޮފެޝަނަލް ޗާޓާޑް އެކައުންޓެންޓުން ތަމްރީން ކުރަނީ
150 ޕްރިފެޝަނަލް ޗާޓާޑް އެކައުންޓެންޓުން ތަމްރީން ކުރުމަށް މިއަދު ފުރިސަތު ހުޅުވާލައިފި ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެމިނިސްޓްރީން ހުޅުވާލާ 150 ފުރުސަތުގެ ތެރެއިން 100 ފުރުސަތު ހުޅުވާލާނީ ޕްރިވެޓް ސެކްޓަ އަށްކަމަސާއި، އަދި 50 ފުރުސަތު ހުޅުވާލާނީ ޕަބްލިކް ސެކްޓަ އަށް ކަމަށްެވެ. 

މިނިސްޓަރު ވިދާޅުވީ މިސްކޮލަޝިޕްތަކުގެ ރަޖިސްޓްރޭޝަން ފީއާއި، އެނުއަލް ސަބްސްކްރިޕްޝަން ފީއާއި އިމްތިހާންގެ ފީއާއި ބުކް އެލަވަންސްގެ އިތުރުން ޓިއުޝަން ފީވެސް ރާއްޖޭގެ ތައުލީމުދޭ އިންސްޓިޓިއުޝަންތަކުން ކިޔަވާ ދަރިވަރުންނަށް ހިލޭ ވާނެ ކަމަށެވެ. އަދި ބޭރުގެ ތައުލީމުދޭ މަރުކަޒު ތަކުން ކިޔަވާ ކުދިންނަށްވެސް މީގެ ތެރެއިން ޓިއުޝަން ފީ ފިޔަވައި ހުރިހާ ފީތަކެއް ހިލޭ ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަ ޑރ އިބްރާހީމް ހަސަން ވިދާޅުވީ މިފުރުސަތު ހުޅުވާލެވިފައިވަނީ ފަސްޓް ޑިގްރީއާއި މާސްޓަ ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. 

އިތުރަށް މިނިސްޓަރު ވިދާޅުވީ މިއަށްވުރެ ވަކި ރަނގަޅު ފުރުސަޔތެއް މިއަހަރު ހުޅުވާލެވިފައި ނުވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް