ads
ވޯކްޝޮޕްގެ ތެރެއިން
ވޮކޭޝަނަލް ދާއިރާގެ ގަވާއިދުތައް ހެދުމަށް ވޯކްޝޮޕެއް ބާއްވައިފި
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ގެ ނޭޝަނަލް އެސެސްމަންޓް ތަކުގެ ފެންވަރު މަތިކުރުމަށާއި ނޭޝަނަލް އެސެސްމަންޓްތައް ކުރިއަށް ގެންދިއުމަށް ގަވާއިދެއް އެކުލަވައިލުމަށާއި، ގަވާއިދު އެކުލަވާލުމަށް ތަޖުރިބާކާރުންގެ ހިޔާލު ހޯދުމަށް ވޯކްޝޮޕެއް ހިންގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް. އެން. އެސް.ޑީ.އޭ) އިން ޑިސެންބަރު 29 ގައި އެސެސްމަންޓް ވޯކްޝޮޕް 1ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕުގެ ހުރިހާ ބައިވެރިންގެ ފަރާތުންވެސް އެސެސްމަޓްތައް ހަރުދަނާކޮށް އިތުރަށް ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވަރަށް މުހިންމު ހިޔާލުތަކެއް ލިބުނު ކަމަށް އެއޮތޯރިޓީން ބުނެއެވެ. މި ހުރިހާކަމަކާ އެކު މި ވޯކްޝޮޕް ވެގެން ގޮސްފައިވަނީ އެމް.އެން.އެސް.ޑީ.އޭ އާއި އެކު މަސައްކަތް ކުރައްވާ ގިނަ ފަރާތްތަކަކަށް ޓިވެޓް ނިޒާމާއި ނޭޝަނަލް އެސެސްމަންޓް އާއި ގުޅޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ލިއްބައިދިން ކާމިޔާބު ވޯކްޝޮޕަކަށް ކަމަށްވެސް އެއޮތޯރިޓީން ބުނެއެވެ. 

އެމް. އެން. އެސް.ޑީ.އޭ އަކީ 16 މޭ 2021 ގައި ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ގާނޫނަށް އައި ބަދަލާ އެކުގައި އެ ގާނޫނުގެ ހަވަނަ ބާބުގެ މަސައްކަތުގެ ތައުލީމާއި ތަމްރީނުދިނުމުގެ ގައުމީ ނިޒާމްގެ ދަށުން އުފެދިފައިވާ އޮތޯރިޓއެކެވެ.

ދެ ދަންފަޅިއަކަށް ބަހައިލައިގެން މި ވޯކްޝޮޕް ކުރިއަށް ގެންދިޔައިރު ބައިވެރިވެ ވަޑައިގެންފައިވަނީ އެމް.އެން.އެސް.ޑީ.އޭ ގެ ޓެކްނިކަލް ޕެނަލްގެ މެމްބަރުންނާއި، މިނިސްޓްރީތަކުގެ ބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކުންނާއި އަދި އެކި އެސޯސިއޭޝަން ތަކުގެ ބޭފުޅުންނެވެ. ހަމައެއާއެކު، އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓްރީވެފައިވާ އެސެސަރުން، ޓްރެއިނިންގް ޕްރޮވައިޑަރުން، ސެކްޓަރ ކައުންސިލް ތަކުގެ މެމެބަރުނާއި އެމް.އެން.އެސް.ޑީ.އޭގެ ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޓްރެއިނިންގް ކުރިއަށް ގެންދާ އެމްޕްލޯޔަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މި ވޯކްޝޮޕްގެ ބައިވެރިންނާ ބައްދަލުކޮށް ޓިވެޓް ނިޒާމާއި އެސެސްމަންޓް ހަރުދަނާ ކުރުމާއި، ފެންވަރު ހިފެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ އިތުރު މަޢުލޫމާތު ޓިވެޓް ދާއިރާގެ ތަޖުރިބާކާރުން ވަނީ ހިއްސާކޮށްދެއްވާފައެވެ.

މި ވޯކްޝޮޕް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހަޔަރ އެޑިއުކޭޝަން ޚަދީޖާ އާދަމްއެވެ. ސްޓޭޓް މިނިސްޓަރގެ ވާހަކަ ފުޅުގައި ވޮކޭޝަނަލް ތަމްރީނުތައް އެސެސްކުރުމަށް ފެންވަރު ރަނގަޅު އެސެސަރުން ތަމްރީންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެއާ އެކު، ރާއްޖޭގައި ޓިވެޓް ނިޒާމް ހަރުދަނާ ކުރުމުގެ މުހިންމުކަން ވެސް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ވޮކޭޝަނަލް ދާއިރާ ކުރިއެރުވުމަކީ ހަޔައެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ކަމެއްގޮތުގައި ވެސް ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް