ގާޒީ އަދީބް ރިޓަޔާކުރެއްވުމުން ދެން ފެމިލީ ކޯޓުގައި ތިއްބަވާނީ އަށް ފަނޑިޔާރުންނެވެ. އެއީ ދެ އަންހެން ފަނޑިޔާރުންނާއި ފަސް ފިރިހެން ފަނޑިޔާރުންނެވެ.
ޝަރުއީ ދާއިރާއަށް 24 އަހަރު ހިދުމަތްކުރެއްވި އަދީބު ފެމިލީ ކޯޓަށް ވަޑައިގެންނެވުމުގެ ކުރިން މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގައެވެ.
ރަސްމީކޮށް މަގާމުން ރިޓަޔާކުރައްވާފައިވަނީ މިއަދު އެވެ. އެކަން ހާމަކޮށް ފެމިލީ ކޯޓުން ވަނީ އެމަނިކުފާނަށާއި އާއިލާއަށް ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނު ޝަރުއީ ދާއިރާއަށް ކޮށްދެއްވި ބުރަ މަސައްކަތައް ޝުކުރު އަދާކުރައްވާފައެވެ.
ރިޓަޔާ ކުރެއްވުމާއި ގުޅިގެން އެމަނިކުފާނު ހިދުމަތްކުރެއްވި މުއްދަތައް ބަލައި ދައުލަތުން އިނާޔަތް ހަމަޖައްސަވައިދެއްވާނެއެވެ.