ads
ވަގުތީ ގޮތުން މާފުށި ޕިކްނިކް އައިލެންޑް ބޭނުން ކުރަން ހުޅުވާލައިފި
ކ އަތޮޅު މާފުށީ ފަޅު ތެރޭ ހިއްކާފައިވާ ޕިކްނިކް އައިލެންޑް "ވައްމާފުށި" ވަގުތީ ގޮތުން ބޭނުން ކުރުމަށް ހުޅުވާލައިފިއެވެ.
Advertisement

ގާތްގަނޑަކަށް 10.8 މިިލިއަން ހަރަދުކޮށްގެން ހިއްކާފައިވާ "ވައްމާފުށި" ބޭނުން ކުރުމަށް ހުއްދަ ދިނުމާއި ގުޅިގެން މާފުށި ކައުންސިލުުން ބުނީ، އެރަށް ބޭނުން ކުރާނެ އުސޫލު ތަކާއި ގަވައިދުތައް ހަދައި ނިމެންދެން ކައުންސިލްގެ ހުއްދަ ހޯދުމަށް ފަހު އެރަށަށް މީހުންނަށް އެރޭނެ ކަމަށެވެ. އަދި އެރަށް ބޭނުން ކުރާ ފަރާތްތަކުން ރަށުގެ ސާފުތާހިރު ކަމަށް އިސްކަން ދޭން ވާނެ ކަމަށާއި، މިހާރު ވެސް ރަށުގައި ކުނި މެނޭޖު ކުރެވޭނެ ނިޒާމު ގާއިމް ކުރެވިފައި ވާނެ ކަމަށެވެ. 

ވަގުތީ ގޮތުން މާފުށި ޕިކްނިކް އައިލެންޑް ބޭނުން ކުރުމަށް ކައުންސިލުން ދޫކުރާނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 06:00 އިން އިރު އޮއްސި 18:00 އަށް ކަމަށާއި، ދިވެހިންގެ އިތުރުން ފަތުރުވެރިންނަށް ވެސް ރަށް ބޭނުން ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ހުކުރު އަދި ހޮނިހިރު ދުވަހަކީ ދިވެހިންނަށް ހާއްސަ ކުރެވިފައިވާ ދުވަހެއް ކަމަށާއި، އެ ދެ ދުވަހު ފަތުރުވެރިންނަށް ރަށް ބޭނުން ކުރުމަށް ހުއްދަ ނުދޭނެ ކަމަށެވެ. 

ވަގުތީ ގޮތުން މާފުށި ޕިކްނިކް އައިލެންޑަށް އެރުމަށް ހުއްދަ ހޯދަން ބޭނުންވާ ފަރާތްތަކުން މާފުށި ކައުންސިލްގެ މެމްބަރު ނަސީހް މުހައްމަދު 9993344 ނުވަތަ ކައުންސިލް މެމްބަރު މަރިޔަމް ޝިފާނާ 9656002 އަށް ގުޅުއްވުމަށް އެދޭ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ކައުންސިލުން ބުނީ، ރަށް ފެހި ކުރުމަށް މާފުށީ ރައްޔިތުންނަށާއި، އެރަށުގައި ދިރިއުޅޭ އާއިލާތަކަށާއި، މުއައްސަސާ، ކުންފުނި، ކްލަބް ޖަމިއްޔާތަކަށާއި، ވިޔަފާރިތަކަށް މިހާރު ހުޅުވާލެވިފައި ވާކަމަށެވެ. 

އެ ރަށަކީ އެމްޓީސީސީއިން  މާފުށި ފަޅުތެރެއިން ދެ ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީ ކޮށްފައިވާ ރަށެކެވެ. މި ޕިކްނިކް އައިލެންޑް މާފުށީ ކައުންސިލާއި ހަވާލުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ރައީސް ސޯލިހު މާފުށްޓަށް ކުރެއްވި ދަތުރު ފުޅުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް