ads
ގއ. ކަނޑުހުޅުދޫ ކުނިކޮށި ކުނިންބަރާ ވަނީ
ޒިންމާވާނެ ފަރާތެއް ނެތި ކަނޑުހުޅުދޫ ކުނިކޮށި، އާއްމު އުނދަގުލަކަށް!
ގއ. ކަނޑުހުޅުދޫ ކުނިކޮށި މެނޭޖްނުކުރެވި، އެތަން ބެލެހެއްޓުމުގެ ޒިންމާވެސް އެއްވެސް ބަޔަކު ނުނަގާ ދޫކޮށްލާފައި އޮންނާތީ، ރަށުގައި ބަލިމަނޑުކަމެއް އުފެދިދާނެ ކަމުގެ ބިރު އޮތުމުން އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
Advertisement

ކަނޑުހުޅުދޫ ކުނިކޮށްޓަކީ 2006 ވަނަ އަހަރު ކަނޑުހުޅުދޫގައި ގާއިމް ކުރި ކުނި ކޮށްޓަކެވެ.

އާބާދީގައި 900 އެއްހާ މީހުން ދިރިއުޅޭ ކަނޑުހުޅުދޫގައި ކުނިކޮށި ހަދާފައި އޮންނަނީ އެ ރަށު ފެނަކަ ބްރާންޗާއި، ފުޓްބޯޅަދަނޑާއި، ދިރާގަށް ދީފައި އޮންނަށް، ސަރަހައްދާއި އިންވެގެން ހުޅަނގު ފަރާތަށް ވާގޮތަށް އޮންނަށް ހުސްބިމުގައެވެ.

އެ ރަށުގެ ކުނިކޮށީގެ މައްސަލާގައި ވާހަކަދެއްކި މީހަކު "ސީއެންއެމް"އަށް ބުނީ، ކޮނިކޮށިން ކުނި ނައްތާލުމަށް އެ ސަރަހައްދުގައި އަލިފާން ރޯކުރަން ޖެހޭ ކަމަށާއި، އެހެންކަމުން އެސަރަހައްދުގެ ގޭތަކުގައި ދިރިއުޅޭ އާއްމުންނާއި، ފުޓްބޯޅަކުޅޭ ފަރާތްތަކުގެ އިތުރުން ފެނަކަ ބްރާންޗްގެ މުއަށްޒަފުންނަށް ބޮޑެތި އުނދަގޫތައް ވާކަމަށެވެ.

އެތައްފަހަރަކު މިކަމުން ހައްލެއް ލިބޭތޯ ކައުންސިލުގައި އެދިފައިވާކަން ފާހަގަކުރަމުން އޭނާ ބުނީ، ކުނި ރަނގަޅު ގޮތުގައި މެނޭޖް ކުރެވޭނެ ގޮތެއް ވެސް އެތާގައި ނެތްކަމަށާއި، އަދި ކައުންސިލުން މާބޮނޑު އަޅާލުމެއް ވެސް އެކަމަށް ނުދޭ ކަަމަށެވެ. 

your imageބަޔަކު އަލިފާން ރޯ ކުރުމުގެ ސަބަބުން ދުމުން މުޅި އެސަހައްދު ފިރިފައި ފ

އޭނާ ބުނީ އެރަށު ކުނިކޮށި ބަލަހައްޓާނެ ފަރާތެއް ނެތި މިހާރު ހަތަރު ވަރަކަށް މަސް ވެގެން ގޮއްސްފި ކަމަށާއި، އެސަރަހައްދު ބަލަހައްޓާނެ ފަރާތެއް ނެތުމުގެ ސަބަބުން އާއްމުން ދަނީ އެއްވެސް ލިމިޓެއް ނެތި، ހަލާކު ވަމުން ދާ ކުންޏާއި، ގިނަދުވަހަށް ހަލާކުނުވެ، ހުންނަށް ޕްލާސްޓިކާއި، ކުޑަކުދިން ބޭނުން ކުރާ ނެޕީ ފަދަ ތަކެތި، އެސަރަހައްދަށް އަޅަމުން ކަމަށެވެ. 

މިކަމާއި ގުޅޭގޮތުން ކަނޑުހުޅުދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ހުސެއިން ސީއެންއެމްއަށް ވިދާޅުވީ، މިދައުރަށް ހޮވުނު އިރުގައިވެސް ކުނި ކޮށި ބަލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން މީހަކާ ހަވާލުކުރެވިގެން ބަލަހައްޓަމުން ދިޔަ ކަމަށާއި، ނަމަވެސް ގާތްގަޑަކަށް މީގެ ހަތަރު މަސް ދުވަސް ކުރިން ކޮންޓްރެކްޓް ހަމަވެ، އެމީހާވެސް އެތަން ދޫކޮށްފައި ދިޔައީ ކަމަށެވެ. 

"މިހާރުވެސް މިދަނީ އެ ތަން ބަލަހައްޓައި ދޭނެ މީހަކު ހޯދުމަށް މަސަައްކަތް ކުރަމުން. ނިމިދިޔަ ސަރުކާރުގައި، މި ރަށުގެ ފެނަކަ ބުރާންޗުގެ އުތުރުން އޮންނަށް ހުސްބިމުގައި ވަނީ އާ ކުނިކޮށްޓެއް ލިބި އެއްކޮށް ހަދާ ނިމިފަ. ނަމަވެސް މެޝިނެރީސްތައް ނެތުމުގެ ސަބަބުން އެތަން ހުޅުވޭ ގޮތް ވަނީ ނުވެފަ" އިބްރާހިމް ހުސެއިން ވިދާޅުވިއެވެ.

އެރަށުގެ އިރުމަތީ ފަރާތުގައި އޮންނަށް ރީތި ސަރަހައްދެއް ކަމަށްވާ "ބައްތިއާ ދިހަރޭ" ގައި އިތުރު ކުނި ކޮށްޓެއް ހެދުމުގެ ވިސްނުން ކައުންސިލުން މިހާރު ދަނީ ގެންގުޅެމުންކަންވެސް އިބްރާހިމް ފާހަގަކުރެއްވިއެވެ.

ކަނޑުހުޅުދޫގައި އާއްމުންގެ ކަންބޮޑުވުން އޮތީ ހަމައެކަނި ކުނިކޮށީގެ މައްސަަލައެއްގައެއްވެސް ނޫނެވެ. ރަށުތެރެ ރީތިކޮށް ބޭއްވުމަށް މަގުމަތިތަކުގައި ޑަސްބިން ބަހައްޓާފައި ނުހުންނަ މައްސަލަައަކީވެސް އާއްމުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. 

ކުނި މެނޭޖްކޮށް، ތިމާވެށި ރައްކާތެރި ކުރުމަށް ރާއްޖޭގެ އެކި ރަށްރަށުގައި ކުނިކޮށި ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް ކުނިކޮށި ރަނގަޅަށް މެނޭޖްނުކުރެވި ގިނަ ރަށްރަށުގައި މި ކުނި ކޮށިތައް ވަނީ ތުރާލަކަށެވެ. ތިމާވެއްޓާއި ރަށުގެ ގުދުރަތީ ވެށި ތަގައްޔަރުކުރާ ތަނަކަށެވެ.

ކުނި މެނޭޖްކޮށް، ތިމާވެށި ރައްކާތެރި ކުރުމަކީ ހަމައެކަނި މާލެ ސަރަހައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ނޫން ކަމަށް، ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 

އެގޮތުން ރާއްޖޭގެ ހުރިހާ ރަށްތަކާއި، ރިޒޯޓުތަކާއި، ގެސްޓްހައުސްތަކުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލައިގެން، ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް މިސަރުކާރުގެ އެއްމެ ބޮޑު ސިޔާސަތު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތުން "ވޭސްޓް ޓު އެނަޖީ" މިއީ ކުނި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭގޮތުން ރާއްޖޭގައި ފަށާ އެންމެ ބޮޑު މަޝްރޫއު އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް