ads
ފޮޓޯ: އިހަވަންދޫ
2022ހުގެ ފުރަތަމަ ދުވަސް އިހަވަންދޫ އެންމެން ގޭބަންދަށް
2022 ވަނަ އަހަރުގެ ފުުރަތަމަ ދުވަހު އިހަވަންދޫ ކޮވިޑްގެ ބިރުވެރިކަމުން، އެންމެން ގޭބަދަށް ދާން ޖެހިއްޖެ ކަމަށް އެރަށު ކައުންސިލް ރައީސް އަހްމަދު ސޮބާހު ވިދާޅުވެއްޖެއެވެ.

ހއ، އިހަވަންދޫ މޮނިޓްރިން ހާލަތަށް ގެނެސް ފައި ވަނީ ރޭގެ ވަގުތެއްގައެވެ.

މިއީ އެރަށް މޮނިޓްރިން އަށް ލެވުނު ތިންވަނަ ފަހަރެވެ.

އެރަށް މޮނިޓްރިން އަށް ލެވިފައި ވަނީ އެރަށުގެ ހޮސްޕިޓަލުގެ ތިއްބަވާ ދެ  ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. 

ކޮވިޑް ހާލަތު ގޯސް ވަމުން އަންނަށް އިހަވަންދޫ ޕޮޒިޓިވް ވި ޑޮކްޓަރާއި، އަނެއް ޑޮކްޓަރު ކޮންޓެކްޓް ވެފައި ނުވާތީ، މިވަގުތު ސިއްހީ ފަރުވާ ދެއްވުމަށް ހުންނެވީ އެ ޑޮކްޓަރެވެ. އެރަށުގައި 46 ފަރާތެއް ޕޮޒިޓިވް ވެފައި ވާއިރު، 200 މީހުންނާއެކު، 30 ގެއެއް ކަރަންޓީން ކުރެވިފައިވާ ކަމަށް އެރަށު ކައުންސިލް ރައީސް ސޮބާހް ވިދާޅުވިއެވެ.

މިފަހަރު ހައިރިސްކް ގިނަ މީހުން އެރަށުން ޕޮޒިޓިވް ވެފައިވޭ، 97 އަހަރުގެ އަންހެނެއް ވެސް އިހަވަންދޫ ކޮވިޑް ޓްރާންސިޓަށް ގެނެވިފައިވަނީ، ސޮބާހް ވިދާޅުވުއެވެ.

ބަލީގެ ހާލަތު ގޯސްވަމުން އަންނަ އިރު، އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް ފިޔަވަޅު ތައް ވަރުގަދަ ކޮށް، އެއްގެއިން އަނެއް ގެއަށް ދިއުން އެއްކޮށް ހުއްޓާލާފައިވާ ކަމަށާއި، ޒަރޫރީ ބޭނުމެއްގަ ފިޔަވައި، ގެއިން ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފައި ފައިވާ ކަމަށާއި، ރަށް މޮނިޓްރިން އިން ނެގެންދެން ކޮންމެ ރެއަކު 21:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގާނެ ކަމަށް ސޮބާހް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް