ads
ޖާދު އަދި ޝަރާ…
ޖާދު އާއި ޝަރާގެ "ތިޔަ ސޫރަ" ހަމަ އޮބިނޯވޭ!
މަޝްހޫރު ފެހުންތެރިޔާ އަދި ނެށުންތެރިޔާ ޖާދުﷲ އާއި އެހެނަސް ސީރީޒުން ވިދާލި ޝަރާ ގެ އާ ލަވަ "ތިޔަ ސޫރަ" ރިލީޒް ކުރުމާއެކު ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބެން ފަށައިފިއެވެ.

އާ އަހަރުގެ ހަދިޔާއެއްގެ ގޮތުން އިއްޔެ އެ ލަވަ ޔޫޓިއުބްގައި އާންމު ކުރި ފަހުން މިހާތަނަށް ގިނަ ބަޔަކު ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ. 

ތުރުކީގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ "ތިޔަ ސޫރަ" ރިލީޒްކުރިތާ 24 ގަޑި އިރުތެރޭގައި 22 ހާހަށް ގާތްކުރާ އަދަދަކަށް ލަވަ ޔޫޓިއުބް މެދުވެރިކޮށް ބަލާފައިވާއިރު އެ ލަވަ ވަނީ ޓިކްޓޮކްގައި ވެސް ހިނގަން ފަށާފައެވެ. 

ޖާދު ޕްރޮޑިއުސްކޮށް އަމިއްލަ ކޮސްޓިއުމް ވެސް ތައްޔާރުކޮށްފައިވާ އެ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަ)ގެ އިތުރުން، ނުހަނު ޒުވާން އުމުރުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އާއިޝަތު ޖޫނީ ޖިނާހެވެ.

މަޝްހޫރު މޭކަޕް އާޓިސްޓު ހަސަން ޑައިރެކްޝަން ހަދާ ފުރިހަމަ މޭކަޕް އެއް ދައްކުވައިދީފައިވާ އެ ލަވައިގެ ވީޑިއޯ ގްރަފީގެ މަސައްކަތް ކޮށްފައިވަނީ ވިޝާލް އާމިރު އެވެ.

ޖާދު ކުރިން ސީއެންއެމް އަށް ބުނީ، އެ ލަވަ އަކީ ކުރު މުއްދަތެއްގައި ކުރެވުނު ބޮޑު މަސައްކަަތެއް ކަމަށެވެ. އަދި ލަވަ އަށް ބެލުންތެރިންގެ ތަރުހީބު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭރު އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
80%
ވަރަށް ސަލާމް
ކޮމެންޓްސް