ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ތަރައްގީގެ ނަމުގައި ހިންގާ ހުރިހާ އުމްރާނީ މަސައްކަތްތައް ކުރިއަށްއޮތް ހަތަރު ފަސްއަހަރަށް ހުއްޓާލުން މުހިންމު ކަމަށެވެ.
ނަޝީދު ވިދާޅުވީ ކުރިއަށްއޮތް އިންތިހާބުގެ ތަކުގެ ޝިއާރަކަށް ވާންވާނީ "އިހަށް މަޑުކޮށްލާ" އަދި ދެން އަންނަ ރައީސަކު ވައުދުވާންވީ މަޑުޖެހިލަން ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ހަމައެކަނި ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި ރައްޔިތުންގެ ތަނަވަސްކަން އިތުރުވާނީ ބަޖެޓުން ހަރަދުކޮށްފައި ބާކީ ފައިސާ ހުރެ، ދައުލަތުގެ ރިޒާވް އިތުރުކޮށް، ދަރަނި ކުޑަ ކުރެވިގެން ކަމަށެވެ. އަދި، ދިވެހީންނަކީ "ތަންދޮރު ދަންނަ" ހޭލުންތެރި ބައެއް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަޝީދު މިފަހުން ވަނީ ކައިރި ކައިރީގައި އެއާޕޯޓުތައް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ނުޖެހޭ ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ގައުމީ އެއާލައިނަށް "ދެއުޅިއެއް ނުވާ" ހަރަދުތަކެއް ހިންގަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ސަރުކާރުން އެއާޕޯޓްތަކުގެ މަޝްރޫއުތައް ގިނަކުރުމާ ދެކޮޅަށް ނަޝީދު އަނެއްކާ ވެސް ސޯޝަލް މީޑިއާގައި ލިއުއްވީ، ރައީސް މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ތިން އެއާޕޯޓެއްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައި ވަނިކޮށެވެ.
ރާއްޖޭގެ އުތުރުގައި މިހާރު ވެސް ހަތަރު އެއާޕޯޓް އޮއްވައި، އިތުރު ހަތަރު އެއާޕޯޓް އަޅަނީ 19 މިނެޓާއި 36 މިނެޓާ ދޭތެރޭގައި ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރީގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޝްރޫއުތައް ހުއްޓާލަން ވެއްޖެ ކަމަށާއި ދެން އަންނަ ރައީސްކަމަށް ކެމްޕެއިން ކުރައްވާ ބޭފުޅަކު ވައުދުވެވަޑައިގަންނަވަންވީ "މަޑުޖެހިލަން" ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއިރު، ގައުމުގެ މިސްރާބު އެއް އަމާޒަކަށް ގެންދިއުމަށް މިފަހުން "އެދޭ ރާއްޖޭ" ނަމުގައި ހަރަކާތެއް ފަށައި، އެ ހަރަކާތުން ވަނީ ގައުމީ ޑައިލޮގްއަކަށް ގޮވާލާފަ އެވެ.
ކުރާ ހޭދަ އާ އެއްވަރުގެ ތަރައްގީއެއް ނުލިބި ގައުމު ދަރުވާލާފައި ދަރަންޏަށް ޒިންމާވާން ނުޖެހޭ ރައީސުން ގައުމު ހަލާކުގެ މަގަށް ގެންދާ ގެންދިއުން ނިމުމަކަށް ގެންނަށް ޖެހެނެ އެވެ. އެ މަގަށް ރާއްޖެ ގެންދެވޭނީ ރާއްޖެ އޮންނާނެ ގޮތެއް ކަނޑައަޅައިގެންނެވެ. އެކަން ކުރަން ޖެހޭނީ އެކަކު ނުވަތަ އެއް ރައީސަކު ނުވަތަ އެއް ޕާޓީއަކުންނެތް ނޫނެވެ. އެކަން ކުރަން ޖެހޭނީ ހުރިހާ ފިކުރަކާއި އެންމެންގެ ބައިވެރިވުމާއެކު އިލުމީ ދިރާސާތަކާއި ތަޖުރިބާކާރުންގެ ތަޖުރިބާއަށް ވެސް ބަލައިގެންނެވެ.
އެކަން އެ މަގަށް ރާއްޖެ ގެންދިޔުމަށް މިދިޔަ މަހު ފެށި އެދޭ ރާއްޖެ ހަކަރާތުން ވަނީ ގައުމީ ތަރައްގީގެ ތަސައްވަރަކާއި ގައުމީ ތަރައްގީގެ ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ގޮވާލާފަ އެވެ. ގައުމީ ތަސައްވަރަކާއި ދުރު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް "އެދޭ ރާއްޖެ" ހަރަކާތުން ހުށަހަޅާފައިވަނީ ތިރީގައިވާ ހުށަހެޅުމެވެ.
ގައުމީ ތަސައްވުރު
މައްސަލަ:
ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ކޮންމެ ފަސް އަހަރަކުން ސަރުކާރާއިއެކު ބަދަލުވަމުންދެއެވެ. ގައުމީ ތަރައްގީގެ ތަސައްވުރެއް ނެތި، ދިގުރާސްތާގެ ޕްލޭނެއްނެތި، ހަރަދު ބޮޑު ބިޔަ މަޝްރޫއުތައް ސިޔާސީ ބޭނުމަށް ސަރުކާރުތަކުން ތަންފީޒު ކުރެއެވެ. އަދި އަތޮޅުތަކުގައި ސިޔާސީ ބޭނުމަށް ބައެއް މަޝްރޫއުތައް ސަރުކާރުތަކުން ދަނީ ހިންގަމުންނެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް އިސްރާފުވެ، ދައުލަތުން ކުރާ ހޭދައިން ގައުމަށް ލިބެންޖެހޭ ކުރިއެރުން ނުލިބެއެވެ.
އެދޭ ރާއްޖޭގެ ހުށަހެޅުން:
ނަތީޖާ:
މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެއެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެއެވެ.
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންގެ ހިޔާލާއި މަޝްވަރާއަށް އެދޭ ރާއްޖެ ޓީމުން ގޮވާލަ އެވެ.