ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ފަނޑިޔާރުންގެ މާލީ ބަޔާން ކޮންމެ 4 މަހުން ހާމަކުރަން ޖެހޭ: ޔާމީން
ދައުލަތުގެ އިސް މަގާމުތައް ފުރާ މީހުންގެ މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރާއިރު އެންމެ މުހިންމީ ފަނޑިޔާރުންގެ މާލީ ބަޔާން އާންމުކުރުވުން ކަމަށާއި އެ ބޭފުޅުންގެ މާލީ ބަޔާންތައް ކޮންމެ ހަތަރު މަހަކުން ނުވަތަ ހަ މަހަކުން ހާމަކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ސިލްސިލާ ގޮތެއްގައި އަމިއްލަފުޅު ގެކޮޅުގައި ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރޭ ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ގާނޫނުއަސާސީ އެކުލަވައިލިއިރު ފަނޑިޔާރުން ކުރާ ހުކުމެއްގެ މައްސަލަ ނުބެލޭނެ ކަމަށް ލިޔުނީ ވަރަށް މާތް މަގުސަދެއްގައި ކަމަށެވެ. 

"ކޮންމެ މީހަކު ވެސް އޭނާގެ ގާނޫނީ ޒިންމާއުފުލަން ޖެހޭނީ ގާނޫނުގައި އޮންނަ ގޮތަކަށް ނޫންތޯ. ކީއްވެގެންތޯ ފަނޑިޔާރުންނަށް މި ވަރުގެ މާއްދާއެއް ވަކިން ފަރުމާކުރަން ޖެހުނީ. އިއްޒަތްތެރި ކަރާމާތްތެރި ބަޔަކަށް ވުމަށް ދިނީ. އެކަމަކު މިއަދުގެ ހާލަތުގައި މި ވަރުގެ ބާރެއް ދޭން ޖެހޭ ބައެއްތޯ؟" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ ނިޒާމު ފަރުމާކޮށްފައި އޮތް ގޮތުން ފަނޑިޔާރުންނަށް ވުރެ ބާރުގަދަ އެހެން ބައެއް ނެތް ކަމަށެވެ. ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާ މަގާމުގައި ހުންނަވަނިކޮށް ވެސް ޖަލު ހުކުމެއް އިއްވުމުގެ ބާރު ޝަރުއީ ދާއިރާއަށް އޮންނާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ ހާލަތުގައި ހުކުމް ތަންފީޒުކުރާނީ ރައީސްގެ ދައުރު ހަމަވުމުންތޯ ނޫނީ ނޫންތޯ ރައްޔިތުންގެ މަޖިލީހުން ނިންމި ނަމަވެސް، އެ ފަދަ މައްސަލަތައް ބެލުމަކީ ލިބޭ ވަރަށް ބޮޑު ބާރެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ފަނޑިޔާރުންގެ ނަޒާހަތްތެރިކަން މާ ބޮޑަށް އެސްޓަބްލިޝް ވާންޖެހޭ. ފަނޑިޔާރުންގެ އެސެޓް ޑެކްލެރޭޝަން ހަދަންޖެހޭ، އެ މީހުންގެ އާމްދަނީ ޑެކްލެރޭޝަންއަކީ ހަތަރު މަހުުން ހަ މަހުން ކަހަލަ ގޮތަކަށް ހަދަން ޖެހޭ އެއްޗެއް،" ފަނޑިޔާރުންނަށް އިޝާރާތްކުރައްވާ ޔާމީން ވިދާޅުވި އެވެ.

ފަނޑިޔާރުންގެ މާލީ ބަޔާން ކޮންމެ ހަތަރު މަހުން އާންމުކުރުވަން ޖެހޭ ކަމަށް ރައީސް ޔާމީން ރޭ ވިދާޅުވިއިރު، ސުޕްރީމް ކޯޓު ފަނޑިޔާރުން ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވަން އެދޭ ރާއްޖެ ކެމްޕޭނު ހަރަކާތުން މިފަހުން ވަނީ ގޮވާލައިފަ އެވެ.

ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ހޮވަން ހުށަހަޅާނީ، 

1. ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރުވެރިކަން އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރުމަށާއި

2. ތިން ބާރުގެ ތެރެއިން ރައްޔިތުންގެ ސީދާ ބައިވެރިވުމެއް ނެތި ގާއިމުކޮށްފައިވާ، އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ކޯޓަށް މަންދޫބުން މެދުވެރިނުކޮށް، މީހުން އައްޔަނު ކުރުމާއި ވަކި ކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ހޯދައި ދިނުމަށާއި

3. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން އެއްކިބައިވެގެން ހަމަހަމަކަމާއި އަދުލުވެރިކަމާއެކު ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި ޒިންމާ އާއި ވާޖިބުތައް އަދާ ކުރުމަށް މަގުފަހިވެފައިވާ މުޖުތަމައެއް ކަށަވަރު ކުރުމަށާއި

4. ސިޔާސީ އެއް ފިކުރަކުން ފަނޑިޔާރުގެ ކޮންޓްރޯލް ކުރާކަމަށް ކުރެވޭ ތުހުމަތުތައް ނިމުމަކަށް ގެނެސް، މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް އަމަލު ކުރަން ލާޒިމް ހަގީގީ މިނިވަންކަމާއެކު އަދަލު އިންސާފު ގާއިމު ކުރަމުން ހުށަހެޅިފައިނުވާ ސަގާފަތެއް އަށަގެންނެވުމަށެވެ.

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރައްޔިތުންގެ މަސްލަހަތަކީ އެންމެ އިސް މަސްލަހަތު ކަމަށް ދެކިގެން ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.

"އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީގައި ވަކިކޮށްފައިވާ ހުރިހާ ބާރުތަކެއް، ވެރި މީހާގެ ގަދަބާރުން ގާނޫނު އަސާސީ އާއި ހިލާފަށް، ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނެ އޮނިގަނޑެއްގެ ތެރެއިން މަޖިލީހާއި ރައިސުލްޖުމްހޫރިއްޔާގެ އަޅުވެތިކަމުން މިނިވަންވެގެން އެ މީހުންގެ ނުފޫޒުން އެއްކިބައިވެގެން މުއައްސަސާ ހިންގޭނެ އޮނިގަނޑެއް ހޯދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. 

މިކަން ކަމަށް ގޮވާލާ ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުން މަތިން އަބަދުމެ ހަނދާން ކުރަން މަޖުބޫރުކޮށް، ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުމަށް އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ. 

އެ ހަރަކާތުން ގޮވާލައި މައިގަނޑު ގޮވާލުންތަކުގެތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ޕެޓިޝަން ހުށަހެޅޭނެ ނިޒާމެއް އުފަން ކުރުވައި، ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުންގެ ނިންމުންތައް ރިވައިޒް ކުރަން އެންގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުމާއި
  • ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބު އައްޔަނު ކުރުމާއި ވަކި ކުރާގޮތަށް ހަމަޖެއްސުމާއި
  • ދައުލަތާއި ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބުކޮށް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ހުށަހަޅައި އަދި ޕާޓީތަކުން އެއްބަސްވާ މީހުންގެ މައްޗަށް މިނިވަން މުއައްސަސާތައް އެކުލަވާލުމެވެ.

ރައްޔިތުންގެ ސީދާ ވޯޓުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ހޮވަން ހުށަހަޅަނީ، ގައުމުގެ ވެރިންނަކީ ރައްޔިތުންނަށްވެފައިވާ ރައްޔިތުންގެ ބާރުވެރިކަން ގައުމުގައި ހިނގާ ކަން ކަށަވަރު ކުރުމަށާއި ތިން ބާރުގެ ތެރެއިން ރައްޔިތުންގެ ސީދާ ބައިވެރިވުމެއް ނެތި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ރައްޔިތުންނަށް ހޯދައި ދިނުމަށެވެ.

ރާއްޖޭގައި މިވޭތުވެދިޔަ 17 ވަރަކަށް އަހަރަށް ބަލާއިރު ގާނޫނު ހެދުމުގެ ބާރުން އަދަލު އިންސާފު ގާއިމު ކުރުމުގެ ބާރަށް ބިރު ދައްކާ، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމާއި ފަނޑިޔާރުން ވަކިކުރުމަކީ އެންމެ އާދައިގެ ވަޒީފާގައި ހުންނަ މީހަކު ވަކި ކުރުން ފަދަ ކަމަކަށް ވަނީ ހަދާފަ އެވެ. އަދި ފަނޑިޔާރުން އައްޔަނު ކުރުމަކީ ވެސް އާދައިގެ ވަޒީފާއަކަށް މީހުން އައްޔަނު ކުރުން ފަދަ އާދައިގެ ކަމަކަން ވަނީ ހަދާފަ އެވެ. 

މި ކަމުގެ ސަބަބުން އަދަލު އިންސާފު ގާއިމު ކުރުމުގެ ބާރަކީ ގާނޫނު ހެދުމުގެ ބާރުގެ ދަށުގައި އޮންނަ ތަނެއްގެ ގޮތުގައި ގަބޫލު ކުރެވި ވަޒީފާ ދޭ މީހާގެ ބިރަށް އަދަލު އިންސާފު ގާއިމު ކުރުމަށް ވަނީ ހުރަސްތައް ކުރިމަތިވެ ރައްޔިތުންގެ އިތުބާރު ކޯޓުތަކަށް ގެއްލިފައި އެވެ. 

މިކަމުގެ ހައްލަކަށް އެދޭ ރާއްޖެ ހަރަކާތުން ގޮވާލަނީ ސުޕްރީމް ކޯޓު ފަނޑިޔާރުން ރައްޔިތުންގެ ވޯޓަކުން ހޮވަން ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.


އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް