ads
ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީއިން ވަކިވާން އެދި ޕެޓިޝަނެއް ހުށަހަޅަނީ
އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސް ތެރެއިން ވަކިވާން އެދި ހުޅުދޫ އާއި މީދޫ ރައްޔިތުން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.
Advertisement

ޕެޓިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން ބުނީ ޕެޓިޝަނުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި މިހާރު ވެސް ގިނަ އަދަދެއްގެ ރައްޔިތުން ޕެޓިޝަންގައި ސޮއި ކޮށްފައި ވާކަމަށެވެ.

ޕެޓިޝަނުގައި މީދޫގެ ގިނަ ރައްޔިތުންގެ ސޮއި ހޯދުމަށް މިކަމުގައި އުޅޭ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޖުމުލަ ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި މީދޫގެ އާބާދީގެ މެޖޯރިޓީގެ ސޮއި ހޯދާނެކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުން ކުރިއަށް ދާއިރު، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދާދި ފަހުން ވަނީ މިދެރަށް އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ

އަދި މިކަމަށް ބޭނުންވާނަމަ ގާނޫނަށް ގެންނަ ޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރޮޒެއިނާ ވަނީ ވިދާޅުވެފަ އެވެ. 

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އަދި މީދޫ އާ މެދު ތަފާތު ކުރުން ގެންގުޅޭތީ މީގެ ކުރިން ވެސް އެ ދެ އަވަށުގެ ރައްޔިތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް