ads
ސައުދިއްޔާ (ދޯއްތަ) (ވ) އެންމެނާ ގުޅޭ ހިދްމަތްތެރިއެއް ފޮޓޯ ވ ކެޔޮދޫ ސްކޫލް
30 އަހަރުވަންދެން ސާފުކުރަމުން އައި ސްކޫލުން ނުކުތީ އެންމެންގެ ސާފުލޯބި ލިބިގެން
ސްކޫލު ހުންނަނީ އޭނާގެ ގެއާ އިންވެގެންނެވެ. އޭނާގެ ޒުވާން ދުވަސްވަރުން ފެށިގެންވެސް އެތަން ސާފު ކޮށް ބޭއްވުމަކީ އޭނާ ހިތްހަމަޖެހި، އުފާވާ ކަމެކެވެ. ބަޔަކު އޭގެ ބަދަލުގައި ކަމެއް ކޮށްދީފާނެ ކަމަކަށް ނޫނެވެ. އޭނާގެ މަސައްކަތް ފެށީ އެއްވެސް އުޖޫރައަކަށް ނޫނެވެ. އެކަން ކޮށްލުމުން ލިބޭ ހިތްހަމަޖެހުމަކަށް ޓަކައެވެ. ލިބޭ އުފަލަށްޓަކައެވެ.
Advertisement

އެހެންނަމަވެސް ވ. ކެޔޮދޫ އަށް އުފަން ސައުދިއްޔާ އަހްމަދު (ދޯއްތަ)ގެ މަސައްކަތް އެރަށުގެ މީހުން ބަލައިގަތީ ވަރަށް ހިތްހަމަޖެހުމާ އުފަލާއެކުއެވެ. ޝައުގުވެރިކަމާއެކު ފެށި މަސައްކަތުން އުފާވެރިކަން ލިބެމުންދިޔައީ ނުހަނު އަވަހަށެވެ.

ހިތްވަރާ އަޒުމުގެ ނަމޫނާ ދައްކަމުން، ސްކޫލެއްގެ މަސައްކަތު މީހެއްގެ ޒިންމާ އަށް އަމިއްލައަށް ކުރިމަތިލީ ހިތްވަރު ގަދަ އެރަށުގެ އެންމެންގެ "ދޯއްތަ"އެވެ. އޭނާ ގެ ހިތްވަރުން އޭނާ ރަށުގެ ޝަރަފުވެރިއާގެ ލަގަބު އެހޯދީ 30 އަހަރަށް ވުރެ ދިގު ތާރީހެއް އެއްމަސައްކަތެއްގައި ކަޑައްތު ކޮށްފައެވެ.

1 ޖެނުއެރީ 1957 ވަނަ އަހަރު ކެޔޮދޫ އަށް އުފަން ސައުދިއްޔާއަކީ އުމުރުގެ ވަކި ތަފާތަކަށް ބެލުމެއްނެތި ހިންގުންތެރި ކިޔަމަންތެރި ކެޔޮދޫ ރަށްޔިތުންގެ ލޯބި ލިބިފައިވާ އެ ރަށުގެ ޝަރަފުވެރި ހާދިމެކެވެ. އެއްމެންގެ ލޯބި ލިބި އެއްމެންގެ ހިތުގެ ޝަރަފުވެރިއާގެ ލަގަބު ލިބިފައިވާ މުރާލި ކަނބަލެކެވެ.

your imageދޯއްތަ: ވ ކެޔޮދޫ ސްކޫލް ޕްރިންސިޕަލް އާއެކު 

ދޯއްތަގެ މުޅި ދިރިއުޅުން އެ ގުރުބާން ކުރީ ރަށާއި ގައުމަށް ހިދުމަތްތެރި އެއްގެ ގޮތުގައެވެ. ގައުމަށް ބޭނުން ވަނީ ބޮޑެތި މަގާމް ތަކާއި ހަމައެކަނި ބޮޑެތި ދަރަޖަ ތަކެއް ނޫނެއެވެ. މިއަދު ގައުމަށް ބޭނުން ވަނީ މަސައްކަތު މީހާ ހަމަ އިން ފެށިގެން އަންނަ ހިންގުންތެރިކަމެވެ. ހިދްމަތްތެރީންނެވެ. 

ސީއެންއެމް އާ ވާހަކަ ދައްކަމުން ދޯއްތަ ބުނީ އޭނާ ކެޔޮދޫ ސްކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަން އިސްނެގީ އަމިއްލައަށް ދިރިއުޅޭ ގެއާއި ކައިރި ވުމުގެ ސަބަބުންނާއި އެކަމަށް އަމިއްލައަށް ބޭނުންވެގެން ކަމަށެވެ.


"އޭރު އަމިއްލައަށް އިސްނަގައިގެން ކުރީ. ފުރަަތަމަ ލިބުނީ 50 ރުފިއާ ދެން ފަހުން ރަށު ކަތީބް 200 އަށް ބަދަލުކުރީ. ކޮންމެފަހަރަކުވެސް މާބަނޑުވެ ވިހަންވީމަ ތަން ދޫކުރަނީ. އެނޫނިއްޔާ ދުވަހަކުވެސް ސަލާމެއް އާއިލީ ޒިންމާއެއް އެއްވެސް ޗުއްޓީއެއް ނުންގަން. ވަރަށް ގިނަދުވަސް ވެދާނެ ސްކޫލްގައި މަސައްކަތްކުރާތާ" ސީއެންއެމް އާ ވާހަކަ ދައްކަމުން ދޯއްތަ އޭނާގެ ޝުއޫރު ފާޅުކުރީ އުފަލާއި އެކު ކަރުނައިންނެވެ. 

މީގެ 30 ވަރަކަށް އަހަރު ކުރިން ސްކޫލް ހިދުމަތާއި ދޯއްތަ ގުޅުނީ އޭނާ ހިތުގައި އެކަމަށް ޖެހިފައި ހުރި ލޯތްބާއި ކުލުނުގެ ބޮޑު ކަމުންނެވެ. ދޯއްތަ އަށް މިއަދު ހައްގު މިންވަރަކީ ހަމަ އެކަނި އޭނާގެ ދިރިއުޅޭ ގޭގައި އިނުމެއް ނޫން ކަމަށް އެސުކޫލް ޕްރިންސިޕަލް ޒައީމާ ހުސެއިން ވިދާޅުވިއެވެ.

ޒައީމާ ވިދާޅުވީ ދޯއްތަ އަކީ ހީވާގި މުރާލި އެއްމެނާ ގުޅޭ ކަނބަލެއް ކަމަށެވެ. އޭނާ ސަުކޫލާއި ގުޅުނީ އަމިއްލަ ފަރުދީ ޒިންމާ އެއްގެ ގޮތުގައި ކަމަށާއި، ޅަދަރި މައެއްގެ ގޮތުގައި ހުރެވެސް، ސާފްތާހިރުކަމަށް ލޯބިކުރާ ދޯއްތަ ރަށުގެ މަކްތަބުން ފެށިގެންް އަމިއްލައަށް އިސްވެ އެތަކެއް ދުވަހު ހިލޭ ސާބަހަށް ސްކޫލްގައި މަސައްކަތް ކުރިކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ގައުމާއި ރަށާއި ފަސްގަނޑަށް ކަމެއް ކޮށްދީފި އެއްވެސް މީހަކީ ބާކީ ވެދާނެ މީހެއް ނޫނެވެ. މިއަދު ކެޔޮދޫއަށް އުފަން ސައުދިއްޔާ ސުކޫލުގެ މަސައްކަތު މީހެއްގެ މަގާމުގައި ހުރެ އެކޮށްދިން މަސައްކަތުގެ ނަތީޖާއަކީ އެސްކޫލުގެ "ޝަރަފުވެރިޔާ" ކަމުގެ ލަގަބެވެ. ސްކޫލުގެ ހުރިހާޓީޗަރުންނާއި ރަށުގެ އެންމެންވެސް އޭނާއަށް އެލަގަބު އަރުވަނީ ހިތްހެޔޮކަމާއެކު، ދެބަސްވުމެއް ނެތިއެވެ. 

2004 ވަނަ އަހަރަކީ ދޯއްތަ ކުރި ބުރަ މަސައްކަތަށް އޭގެ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް މާލީ ގޮތުން ލިބިގެން ދިޔަ އަހަރެކެވެ.  ކެޔޮދޫ ކުރީގެ ކަތީބް އަބްދުއްލަތީފް ހަސަން ދޯއްތަގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލިބެމުންއައި 50 ރުފިޔާގެ މުސާރަ 200 ރުފިއާގެ މުސާރައަކަށް ބަދަލު ކުރެއްވިއެވެ. ކެޔޮދޫ ސްކޫލް ސަރުކާރު އިމާރާތަކަށް ބަދަލު ވަންދެން ދޯއްތަ ދިޔައީ އެ މަސައްކަތް އެގޮތަށް ކުރަމުންނެވެ. އެއީ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންއައި މުސާރައެވެ.

" ޅަދަރި މަޔަކު އެތަށް ކުދިން ގެންގުޅަމުން ވެސް ދޯއްތަ ނޫނީ މިހާ ކުޑަމުސާރައަކަށް މުޅި ސުކޫލް ހޯލާއި ކުލާސް ރޫމް ސާފް ކުރާނެ އެއްވެސް މީހަކު ނުހުންނާނެ. ކެޔޮދޫ ސްކޫލު ސަރުކާރު ސްކޫލަކަށް ބަދަލުވެ މަސައްކަތު މީހެއްގެ ދާއީމީ ވަޒީފާ ހަމަޖެހިގެން ދިޔަ. އޭގެ ފަހުން ސަރުކާރުން މަސައްކަތު މީހަކަށް ލިބިގެންދާ އުޖޫރަ ލިބިގެން ދިޔަ. ސްކޫލް އޮފީސް ނުހުޅުވިގެން ސޮއި ނުކުރެވިގެން އޭރު ތިބޭކަށް ނުޖެހޭ. ދޯއްތަ މިމަސައްކަތް ކުރީ މަޔަކު އަމިއްލަ ދަރިއަކު ދެކެ ލޯބިވާ ފަދައިން. ޒައީމާ ވިދާޅުވި ވިއެވެ.

ޔަގީނެވެ. "ދޯއްތަ" ސްކޫލާއި ވަކިވެގެން ދާން ޖެހޭނީ ހިތްތަތި ކަމާ އެކުގައެވެ. އެތައް ކަރުނައެއް އޮހޮރާފައެވެ. އެތަކެއް ހަނދާން ތަކާ އެކުގައެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޭނާގެ އަމިއްލަ ދަރިން ކުޑަ އިރު ލޯބިން ފެންވަރުވާ ފުއްޖަހާ ތިއްތި ކޮށް ގެންގުޅުނު ފަދައިން ސްކޫލް ސާފުކޮށް ބޭއްވުމަށް އޭނަ މަސްއްކަތް ކުރީ ލިބޭ މަދު ލާރި ކޮޅަކަށް ނޫނެވެ. އެކަމަކު މަސައްކަތަށް އޮތް ލޯތްބާއި، ޝައުގުވެރިކަމެވެ. 

94%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް