ads
މިނިސްޓަރު ފައްޔާޒާއެކު މަކުނުދޫ ދާއިރާގެ ރާއި އަދި މަކުނުދޫ ކައުންސިލް ރައީސް އައުޒަމް…
މަކުނުދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގެ ބޮޑު ޔަގީންކަމެއް
ހދ. އަތޮޅުން ވެސް މާބޮޑަށް އެކަހެރިކޮށް އޮންނަ މަކުނުދޫގައި އަޅަން ވައުދުވެފައިވާ އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި ކަމަށް އެރަށު ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވެއްޖެއެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަވަމުން އައުޒަމް ވިދާޅުވީ، އެއާޕޯޓުގެ ވާހަކަ ސަރުކާރުގެ ފަރާތުން ހިއްސާކުރައްވަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައްދަލުކުރެއްވި ކަމަށެވެ.

ފައްޔާޒު އާއެކު ރަށު ކައުންސިލްގެ ރައީސް އައުޒަމް ކުރެއްވި ބައްދަލުކުރެއްވުމުގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވެސް ބައިވެރިވެ ވަޑައިގަންނެވިއެވެ.

އައުޒަމް ވިދާޅުވީ، މީގެ ކުރިން މަކުނުދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރުމަށް ފުރުސަތު ހުޅުވާލި ނަމަވެސް މިހާރު އަނެއްކާވެސް ވަނީ އެ މަސައްކަތް ސީދާ ފެށުމަށް ބަޔަކު ހޯދަން ބިޑަށް ހުޅުވާލާފައި ކަމަށެވެ.

ސަރުކާރުން ބާރު ސްޕީޑުގައި މަސައްކަތްތައް ކުރަމުން އަންނަ ކަން ފާހަގަކޮށް އައުޒަމް ވިދާޅުވީ، މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށާނެ ސީދާ ތާރީހު އަދި އިއުލާނު ނުކުރި ނަމަވެސް 2023 ވަނަ އަހަރު ބައްދަލުކުރާނީ އެއާޕޯޓުގެ މަސައްކަތް ފެށިފައި އޮއްވާ ކަމަށެވެ.

މަކުނުދޫގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓަށް ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވަނީ 23،300،000 ޑޮލަރެވެ.

your imageހދ.މަކުނުދޫ….

"މިއީ ވަރަށް ޕްލޭންތަކާއި އެއްގޮތަށް ކުރެވޭ ބޮޑު ބިޔަ މަޝްރޫއުތަކެއް، އެކަމަކު ސަރުކާރުން އެދެއްވަނީ ޔަގީންކަން މި އަހަރުގެ ތެރޭގައި މަކުނުދޫ އެއާޕޯޓުގެ އަމަލީ މަސައްލަތް ފަށާނެ ކަމުގެ" އައުޒަމް ވިދާޅުވިއެވެ.

މީގެ ކްރިން ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ މަކުނުދޫ އެއާޕޯޓުގެ ވާހަކައަށް އަލިއަޅުވައިލައްވާފައެވެ. އެ އިންޓަވިއުގެ ތެރެއިން އެކަމަނާ ވިދާޅުވެފައިވަނީ މަކުނުދޫ އެއާޕޯޓް އެޅުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

މަކުނުދޫ އެއާޕޯޓާއެކު ރާއްޖޭގެ އިތުރު ފަސް ސަރަހައްދެއްގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ. ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނުބިތުގައި އަޅަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓެކެވެ.

ހައުސިން މިނިސްޓްރީން ދާދި ފަހުން ނެރުނު  އިއުލާނެއްގައި ވަނީ އެ ހަ އެއާޕޯޓު ތަރައްގީކޮށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްޓަކައި ޝައުގުވެރިކަން ފާޅުކުރުމަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް