ads
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށީ 1200އަށްވުރެ ގިނަމީހުން އަދިވެސް ބޯހިޔާވަހިކަން ބޭނުންވޭ: ކައުންސިލް
ހދ.ކުޅުދުއްފުށީ 1200އަށްވުރެ ގިނަ މީހުން އަދިވެސް ބޯހިޔާވަހިކަން އަދިވެސް ބޭނުންވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލް މެންބަރު މުހައްމަދު ދާއޫދު ވިދާޅުވީ އެރަށުން އެންމެފަހުން ގޯތި ދީފައިވަނީ 2008 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން ގޯތި ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެއަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ފިޔަވައި ބޯހިޔާވަހި ކަމުގެ މަޝްރޫއެއްވެސް އެރަށުގައި ހިންގާފައި ނުވާ ކަމަށެވެ. 

"އެހެންވީމަ 14 ވަރަކަށް އަހަރު ވެގެން މިދިޔައީ ގޯތިވެސް ނުދީ . ބޯހިޔާވަހި ކަމުގެ މަޝްރޫއެއްވެސް ނުހިންގައި. ބައިވަރު މީހުން އެބަތިބި ގެދޮރަށް ބޭނުންވެފައި" ދާއޫދު ވިދާޅުވިއެވެ. 

ކައުންސިލުން ބުނީ މިއަހަރު 400 ހައުސިން ޔުނިޓުގެ މަޝްރޫއު ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ގެދޮރު ބޭނުންވާ މީހުން އެއަށްވުރެ މާގިނައިން ތިބިކަން ކައުންސިލުން ފާހަގަ ކުރެއެވެ.

14000އަށްވުރެ ގިނަމީހުން ދިރިއުޅެމުންއަންނަ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެންމެފަހުން ފްލެޓްތައް ހަވާލު ކުރެވުނުއިރު ދީފައިވަނީ އެސިޓީގެ 60 އިންސައްތަ މީހުންނާއި ރަށުންބޭރު 40 އިންސައްތަ މީހުންނަށް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް