މައުލޫމާތު ލިބޭ ގޮތުގައި އިރާނަށް ނިސްބަތްވާ މީހަކު އެ ކުޑަ ކޮޓަރި ތެރެއަަށް ވަދެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ވިސާ ނުދީގެން ކަމަށް ބުނެއެވެ.
ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ނެދަލޭންޑް ކޮންސިއުލޭޓްގެ ކުޑަ ކޮޓްރިއެއްގެ ތެރެއަށް މީހަކު ވަދެ ބަންދުވެގެން ހުރި ކަމުގ މައުލޫމާތު ލިބުނީ ރޭގެ ވަގުތެއްގައި ކަމަށާއި އެމީހާ އެތަނުން ނުނިކުންނަން ގަދަ ހެދި ކަމަށެވެ.
އިިތުރަށް ފުލުހުން ބުނީ، ނިކުންނަށް ދެކޮޅުހަދާ އަމިއްލަ ނަފްސަށް ގެއްލުންދީފާނެ ކަމަށް ބެލެވޭތީ ކޮންސިއުލޭޓްގެ ހުއްދައާއެކު ބާރުގެ ބޭނުންކޮށް އެމީހާ އެ ކޮޓަރިން ނެރި ފުލުހުންގެ ބެލުމުގެ ދަށަށް ގެން ގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ކަންތައް ރޭގައި ހިނގާފައިވާއިރު އައިފާން ބިލްޑިން ބިއްދޮށު މަގުގައި ރޭގެ އިރާދަން ކޮޅު ފުލުހުންގެ އޮޕަރޭޝަނެއް ހިންގި ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.
ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯ ތަކާއި ވީޑިއޯ ތަކުން ފުލުހުން އެ ސަރަހައްދުގައި ތިބި އިރު ގިނަ އަދަދެއްގެ އާންމުން ވެސް ކުޅި ބަލަން ތިބިކަން ފޮޓޯތަކުން ހާމަވެއެވެ.