ads
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް..
މި އަހަރު ތެރޭ ކޮވިޑުގެ ވަބާ ދުނިޔެއިން ފިލާދާނެ: ޑަބްލިއުއެޗްއޯ
މި ހިނގާ 2022 ވަނަ އަހަރުގެ ތެރޭގައި ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ދިމާވެފައިވާ ހާލަތުން މިންޖުވެދާނެކަމަށް ލަފާކުރެވޭ ކަމަށް ޑަބްލިއުއެޗްއޯ ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ގެބްރެޔެސޫސް ވިދާޅުވެއްޖެއެވެ.
Advertisement

އޭނާގެ މިހެން ވިދާޅުވެފައިވަނީ  އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން ޑަބްލިއުއެޗްއޯ އިން ރައްކާތެރިކަމަށް އެޅުމަށް ލަފާ ދީފައިވާ ފިޔަވަޅުތައް ދުނިޔޭގެ ގިނަ ގައުމުތަކުން ފުރިހަމަ ގޮތުގައި ތަންފީޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދުނިޔެއިން މި ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ ހަފުތާގައި ރެކޯޑް މިންވަރަކަށް މައްޗަށް ޖެހި، އާ އަހަރާ ދިމާކޮށް ދުވާލެއްގެ މައްޗަށް މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

މި ސްޓްރެއިންގެ ސަބަބުން މާ ބޮޑު ބައްޔެއް ޖެހިދާނެ ކަމަށް ހީވާ ބައެއް ނިޝާންތައް ފެންނަން ހުރި ނަމަވެސް، ސިއްހީ ނިޒާމުތަކަށް ބާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް އަލުން ތައާރަފު ކުރުމަށް ގިނަ ގައުމުތަކަކުން ވަނީ ވިސަނާފައެވެ.

އެހެން ނަމަވެސް ހެލްތު ޗީފް ވަނީ އަހަރު ނިމުނު އިރު ދެއްވި ތަގުރީރުގައި މިއީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި މުހިންމު އަހަރަކަށް ވެދާނެ ކަމަށް ވިދާޅުވެފަ އެވެ. 

އޭނާ ވިދާޅުވެފައިވަނީ ބަލިމަޑުކަމުގެ ތިންވަނަ އަހަރުގެ ތެރެއަށް ދުނިޔެ ކުރިމަތިލާއިރު މިއަހަރަކީ ދުނިޔެއިން ކޮވިޑުގެ ވަބާ ފިލާގެން ދާނެ އަހަރު ކަމަށް ޔަގީންވާ ކަމަށާއި އެގޮތަށް މިކަން ވާނީ  އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

އެ ގަރާރުގައި އޭނާ ވަނީ 2022 ވަނަ އަހަރުގެ މެދުތެރޭގައި ދުނިޔޭގެ ހުރިހާ ގައުމެއްގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދިނުމުގެ އަމާޒަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން އެހީތެރިވެދިނުމަށް އެދިވަޑައިގެންފައެވެ.

ހެލްތު ޗީފް ވިދާޅުވީ ޕެންޑެމިކް އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ފުޅާކުރަން ޖެހޭ ކަމަށާއި ޔުނިވާސަލް ހެލްތު ކަވަރޭޖްގެ ބިންގަލެއްގެ ގޮތުގައި ހުރިހާ ގައުމަކުން ވެސް މިހާރަށް ވުރެ ވަރުގަދަ ޕްރައިމަރީ ހެލްތު ކެއާއަށް އިންވެސްޓް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް