ads
ލަމް އާއި މުލާ ދިވެހި ހެދުމުގައި މުލިއާގޭ ދޮށުގައި… ފޮޓޯ/އިންސްޓަގްރާމް
ލަމް އާ މުލާ ދިވެހި ހެދުމުގައި މުލިއާގޭ ދޮށުގައި
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަލަތު ކައިވެންޏަށް އަލަތު ދަރިޔަކު ލިބުނު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފަކީ އަބަދުވެސް "ލޯބި" ފޮޓޯތައް އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނަށް ހިއްސާ ކުރާ ފަންނާނެކެވެ. މިފަހުން އޭނާގެ އިންސްޓަގްރާމަށް ގިނައިން އަރަނީ ދަރިފުޅު މުލާ އަހުމަދު މުއާޒާއެކު ނަގާފައި ހުންނަ ހިތްގައިމު ފޮޓޯތަކެވެ.
Advertisement

މިއަދު ހެނދުނު ލަމް ދޫކޮށްލި ހިތްގައިމު ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. "މަންމަގެ ކުޑަ ތަކުރު"ގެ ގޮތުގައި ކިޔައި އުޅޭ މުލާ ގޮވައިގެން ލަމް ހުރީ މުލިއާގޭ ދޮށުގައެވެ. ދެމީހުންވެސް ލައިގެން ހުރީ ދިވެހިވަންތަ ހެދުމެކެވެ.

ލަމް ރަތްކުލައިގެ ބޯވަޅު އެޅި ލިބާހަކާއި ކަނޑިކި އެއް ލައިގެން ހުރި އިރު މުލާ ލައްވާފައިހުރީ ހުދު ގަމީސްކޮޅަކާއި ފޭއްޔެކެވެ.

ލަމްގެ އެ ފޮޓޯ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު އޭނާގެ ފޭނުން އަންނަނީ ދެމައިން ވެސް ވަރަށް ލޯބި ކަމަށް ބުނެ ކޮމެންޓް ކުރަމުންނެވެ.

ލަމް ވަނީ މުލާއާއެކު އާ އަހަރު ފެށުނު ދުވަހު ވެސް 2022 އަށް މަރުހަބާ ކިޔަމުން ހިތްގައިމު ފޮޓޯއެއް ދޫކޮށްލާފައެވެ. އެހެން ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ މިހާތަނަށް ޕޯސްޓުކޮށްފައިވާ އެއްވެސް ފޮޓޯއެއްގައި މުލާގެ މޫނު ދައްކާފައެއް ނުވެއެވެ.

ލަމް ވިހައިގެން ކުއްޖާއަށް ނަން ކިޔާ އެ ނަން ހާމަ ކުރުމުން ދަރިފުޅުގެ ނަން ކަމުނޮގޮސްގެން އާންމުން ވަރަށް ޖޯކު ޖެހިއެވެ. އެހެން ނަމަވެސް އެއީ އާންމުން ކުރި ބޭކާރު ނާތަހުޒީބު ކަމެކެވެ.

ލަމް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފާޑު ކީ މީހުންނަށް ރައްދުވެސް ދީފައެވެ. އެ ނަން ދަރިފުޅަށް ދިނީ އެދެމަފިރިން ބޭނުން ވެގެން ކަމަށާއި އެއީ މީހަކަށް ރީއްޗަކަށް ކީ ނަމެއް ނޫން ކަމަށް އޭނާ އޭރު ހާމަކުރިއެވެ. 

މުލާގެ ނަން ގުޅުވާފައިވަނީ ލަމްގެ އިތުރުން ފިރިމީހާ މުއާ އަށެވެ.

36%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް