ads
އެފްއެސްއެމް ޕެޓްރޯލް ޝެޑެއް--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޕެޓްރޯލް ލިބުން ދަތިވެ ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފި
ރާއްޖެއަށް ޕެޓްރޯލް އެތެރެކުރާ ދެ ކުންފުންޏެއްގެ ޝިޕްމެންޓުތައް ހުސްވެފައިވާތީ ގިނަ ސަރަހައްދުތަކަށް ޕެޓްރޯލްވިއްކާއިރު ކޮންޓްރޯލްކޮށްފިއެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި މިވަގުތު، މެދުރާއްޖެ ތެރޭގެ ބައެއް އަތޮޅުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ދެކުނުން ފުވައްމުލަކާއި އައްޑޫގައި ވެސް ތެޔޮ ވިއްކަމުންދަނީ ކޮންޓްރޯލްކޮށްގެނެވެ. 

ސީއެންއެމް އަށް ވާހަކަ ދައްކަމުން އެސްޓީއޯ އިން އެތެރެ ކުރާ ތެޔޮ ރާއްޖެގައި ވިއްކާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ޕެޓްރޯލް ކޮންޓްރޯލްކޮށްގެން ވިއްކަން ޖެހުނީ، ވިލާ ހަކަތަ އާއި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން އެތެރެ ކުރި ސްޓޮކް ހުސްވުމުން ކަމަށެވެ.

ގަސަމް އިތުރަށް ވިދާޅުވީ، އެސްޓީއޯއިން ކުރިން ޕެޓްރޯލް ގެންނަނީ ހަމަ އެކަނި އެމީހުންގެ ކަސްޓަމަރުންނަށް ވިއްކޭ ވަރަށް ކަމަށާއި އެހެން ނަމަވެސް މިހާރު ޕެޓްރޯލް އެހެން ފަރާތްތަކަށް ވެސް ދޫކުރަން ޖެހިފައިވާ ކަމަށެވެ. 

އެހެން ކަމުން މިދުވަސްކޮޅު މާލޭގެ އިތުރުން އަތޮޅުތެރެއަށް ވެސް ޕެޓްރޯލް ވިއްކަން ޖެހިފައިވަނީ ވަކި ލިމިޓެއްގެ ތެރެއިން ކޮންޓްރޯލްކޮށްގެން ކަމަށާއި މިހާރު މިގޮތަށް ވިއްކަމުންދާތާ ހަތަރު ވަރަކަށް ދުވަސް ވެފައިވާ ކަމަށެވެ.

ދަ ހޯކްސްގެ ޖެނެރަލް މެނޭޖަރު ހުސައިން އަމަން ސީއެންއެމްއަށް ވިދާޅުވީ ހޯކްސް ކުންފުނީގެ ސްޓޮކް ހުސްވިއިރު ވެސް އާ ޝިޕްމެންޓެއް ނުގެނެވިގެން އުޅެނީ ދުނިޔޭގެ ތެޔޮ ބާޒާރުތަކަށް ކޮވިޑްގެ ސަބަބުން ދިމާވެފައިވާ ދަތިތަކަކާއި ގުޅިގެން ކަމަށެވެ.

އަމަން އިތުރަށް ވިދާޅުވީ، ކަންދިމާކުރި ގޮތުން އާ އަހަރު ލައިގަތް ދުވަސްކޮޅަށް މިކަންތައް ދިމާވި ނަމަވެސް ރާޢްޖެ ސަވައިވް ވާވަރަށް ތެޔޮ އެބަހުރި ކަމަށެވެ. އަދި ޕެޓްރޯލް ޝިޕްމަންޓު ހިފައިގެން އަންނަ އެ ކުންފުނީގެ ބޯޓު ދެ ދުވަހެއްގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް