ads
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން
12 މިލިޔަނަށް ވުރެ ގިނަ އާޓިކަލް ހިމެނޭ އީ ލައިބްރަރީއެއް ޔުނިވާސިޓީ ތަކުގެ ދަރިވަރުްނަށް
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ޔޫ.އެން.ޑީ.ޕީގެ އެހީގައި ދިވެހިރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އީ-ލައިބްރަރީއެއްގެ ޙިދުމަތް ފޯރުކޮށްދިނުން ފަށައި އަދި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހޯދަމުން އަންނަ ސްޓެޓިސްޓިކްސް ހޯދުމަށް ޕޯރޓަލްއެއް އިފްތިތާޙްކޮށްފިއެވެ.
Advertisement

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ޔޫ.އެން.ޑީ.ޕީގެ އެހީގައި ދިވެހިރާއްޖޭގެ ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް އީ-ލައިބްރަރީއެއްގެ ޙިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ. މިގޮތުން ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ޖޭސްޓޯރ ލައިބަރަރީގެ ޙިދުމަތެވެ. 

މި ޚިދުމަތް ފޯރުކޮށދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރިކޮށް ހިންގަމުންދާ 14 ކޮލެޖް އަދި ޔުނިވަރސިޓީއަކަށް ޖޭސްޓޯރ ސަބްސްކްރިޕްޝަން ސެޓްފިކެޓް މިނިސްޓަރ އޮފް ހަޔަ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ހަވާލުކޮށްދެއްވިއެވެ. ޖޭސްޓޯރ ލައިބްރަރީއިން އެކި ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖަރނަލް އަރޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ. 

މީގެ އިތުރުންމި ޙަފްލާގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހޯދަމުން އަންނަ ސްޓެޓިސްޓިކްސް ހޯދުމަށް މި އަހަރު އަލަށް ހެދުނު ޕޯރޓަލްވެސް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އިފްތިތާޙް ކޮށްދެއްވިއެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ޙަސަން ދެއްކެވި ވާހަކަފުޅުގައި ކިޔަވައިދިނުމަށް މިފަދަ ލައިބްރަރީއެއްގެ ޚިދުމަތް ދަރިވަރުންނާއި ލެކްޗަރާއިންނަށް ލިބުމުގެ މުޙިއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޖޭސްޓޯރ ފަދަ އީ-ލައިބްރަރީއެއްގެ ސަރވިސް ލިބުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިތުރަށް ހަރުދަނާވާނެކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ކިޔަވައިދޭ ހުރިހާ ތަންތަނަކީ އެއް ޢާއިލާއެއްކަމާއި، އެގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމާއި، އޭގެ ސަބަބުން މުޖުތަމަޢުއަށް ވަރަށް ރަނގަޅު އަސަރެއް ކުރާނެކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން މިއަދު ތަޢާރަފުކުރެވުނު ޕޯރޓަލް މެދުވެރިކޮށް ތަފާސް ހިސާބު ހޯދަން ފެށުމުން މިނިސްޓްރީއަށް ބޭނުންވާ ތަފާސްހިސާބުތައް ފަސޭހަކަމާއެކު ލިބި އަދި މިނިސްޓްރީއިން މަތީތައުލީމާއި ގުޅޭކަންކަމުގައި ހަދާ އުސޫލުތައް ހެދުމުގައި މިމައުލޫމާތުގެ ބޭނުންކުރެވި ހަރުދަނާ އުސޫލުތަކެއް ހެދިގެންދާނެކަމުގައިވެސް މިނިސްޓަރު ފާހަނގަ ކުރެއްވެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް