ads
އިހަވަންދޫ ޣާޒީ ދަނޑުގައި އަޅަން ގެންގޮސްފައިވާ ޓާފް ހަލާކުވެފައި
މިހާރު އިހަވަންދޫއަށް ގެންގޮސްފައިހުރި ޓާފް އިހަވަންދޫ ދަނޑުގައި ނާޅާނެ: ޒުވާނުން
މިހާރު ހއ. އިހަވަންދޫ އަށް ގެންގޮސްފައިވާ ޓާފް އިހަވަންދޫ ދަނޑުގައި ނާޅާނެ ކަމަށޤ އެރަށު ޒުވާނުން ބުނެފިއެވެ.

އެރަށު ކައުންސިލުން ބުނީ އެރަށުގައި އެއްވެސް ރައްކާތެރިކަމެއް ނެތި(ހިޔާ ނުކޮށް) ޓާފް ބަހައްޓާފައި ހުންނަތާ އަހަރެއްހާ ދުވަސް ވެއްޖެކަމަށާއި އޭގެ ސަބަބުން އެ ހަލާކުވުން ދެން އަވަސް ވާނެ ކަމަށެވެ. ކައުންސިލުން ބުނީ އެހާ ދުވަހު އެތަކެތި ބޭރުގައި ހުރުމުގެ ސަބަބުން މިހާރު އެ ޓާފް އަޅަން ޒުވާނުން ބޭނުން ނުވާކަމަށެވެ. 

"ރައްކާތެރިކަމެއް ނެތި ހުރުމުގެ ސަބަބުން އެތަކެތި ވިއްސަކަށް ދުވަހުވެސް ބޭނުން ނުކުރެވޭނެ ކަމަށްވަނީ . އެހެންވެ ޒުވާނުން ބޭނުމެއް ނުވާ އެ ޓާފް އަޅާކަށް " ކައުންސިލް މެންބަރު އަހްމަދު ރިލުވާން ވިދާޅުވިއެވެ. 

your imageއިހަވަންދޫއަށް ގެންގޮސްފައިވާ ޓާފް

އިހަވަންދޫގައި މިހާރުވެސް ދެ ދަނޑު އޮވެއެވެ. އެއީ ޣާޒީ ދަނޑާއި ހުރަވީ ދަނޑެވެ. އޭގެ ތެރެއިން ރަނގަޅު ފެންވަރަކަށް މިހާރު ހަދަމުން ދަނީ ޣާޒީ ދަނޑެވެ. އަނެއް ދަނޑަކީ ވެލި ދަނޑެކެވެ. 

ކައުންސިލުން ބުނީ މިމައްސަލައިގައި މިނިސްޓްރީގެ އިސް ބޭފުޅުންނާ ވާހަކަ ދެއްކުމުގެ އިތުރުން ލިއުމުންވެސް ހުންނާނީ މުއާމަލާތް ކޮށްފައި ކަމަށެވެ. އެހެންނަމަވެސް މިނިސްޓްރީގެ ވަކި ޖަވާބެއް އަދި ނުލިބޭކަމަށް ކައުންސިލުން ބުނެއެވެ. 

16 ފުޓްބޯޅަ ކްލަބް އޮންނަ އެރަށުގައި މިހާރުވެސް "އިހަވަން ކަޕް" ގެނަމުގައި ފޯރިގަދަ ފުޓްބޯޅަ މުބާރާތެއް ކުރިއަށް އެބަދެއެވެ. އެރަށު ހުރަވީ ދަނޑުގައި ކުރިއަށްދާ އެމުބާރާތުގައި ހދ. ކުޅުދުއްފުށީގެ ޓީމެއްވެސް ހިމެނޭހެން ހއ. އަދި ހދ ގެޓީމްތައް ބައިވެރި ވެއެވެ. އޭގެ އިތުރުން " މައިކްޕް" ގެ ނަމުގައިވެސް އެރަށުގައި ކޮންމެ އަހަރަކު ފުޓްބޯޅަ މޫބާރާތެއް ބާއްވާތާ 14 އަހަރު ވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް