ads
އޭޑީކޭ ޗެރިޓީ ރަންގައި ދުވާ ދުވުންތެރިން ތަކެއް…
އޭޑީކޭގެ ޗެރިޓީ ރަންގައި "ދުވާހިތުން" ދުވަން ތައްޔާރުތަ؟
އަންނަ މާޗް މަހުގެ 15 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގެ ސިއްހީ ހިދުމަތަށް 35 އަހަރު ފުރޭތީ މި އަހަރު ބާއްވަން ނިންމާފައިވާ ފުރަތަމަ ހަރަކާތެއްގެ ގޮތުން ހާއްސަ ޗެރިޓީ ރަން އެއް ބާއްވަން ނިންމައިފިއެވެ.
Advertisement

އެ ރަން ފެށޭނީ މާދަމާ ހެނދުނު 9:00 ގައި މާލޭ އެކުވެނި ދުވާ ޓްރެކް އިންނެވެ. ރަން ފައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، މި އަހަރަކީ އޭޑީކޭއަށް 35 އަހަރު ފުރޭ އަހަރު ކަމަށްވާތީ އެކަމާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

your imageޗެރިޓީ ރަން އާ ބެހޭގޮތުން އައްފާލު އިންޓަވިއުދެއްވަނީ.. ފޮޓޯ/އޭޑީކޭ

އައްފާލު ވިދާޅުވީ، "ދުވާހިތުން" ޝިއާރުގައި ބާއްވާ މި ދުވުން 35 ގަޑި އިރަށް ކުރިއަށްދާނެ ކަމަށާއި ރަން އިން ލިބޭ ހުރިހާ ފައިސާ އެއް ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަށް ހަދިޔާ ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދުވުންތެރިން ދުވާ ކިލޯ މީޓަރަކަށް 35 ރުފިޔާ ހޮސްޕިޓަލްގެ ފަރާތުން ފަންޑު ކުރާނެ ކަމަށެވެ. އަދި ރަންގައި ލިބޭ ފައިސާ ސްކްރީނުން ފެންނަމުންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިސާލަކަށް އެއް ބޭފުޅަކު މި ދުވަނީ އެއް ކިލޯ މީޓަރު. އަޅުގަނޑުމެން ހޮސްޕިޓަލުން އެ ދުވުން ތެރިއެއް ދުވި ކިލޯ މީޓަރަށްވާ 35 ރުފިޔާ ލާނީ ޗެރިޓީ ފަންޑަށް" އައްފާލު ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އައްފާލު ވިދާޅުވީ، މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ރަންގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށާއި އޭގެ ތެރޭގައި އެންޖިއޯ ތަކާއި މަޝްހޫރު އެކި ފަރާތްތަކުގެ އިތުރުން ސިޔާސީ ބޭފުޅުންނާއި އަމިއްލަ ގިނަ ފަރުދުން ހިމެނޭ ކަމަށެވެ.

ވަރަށް ބޮޑުކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި ރަންގައި ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހުޅުވާލާފައެވެ. ރަންގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ދުވަން ތައްޔާރުވެގެން ޓްރެކަށް ދިޔުމުން އޭޑީކޭގެ ޓީމަކުން ދުވުމުގައި ރަޖިސްޓާ ކޮށްދޭނެއެވެ.

މި ޗެރިޓީ ރަން ނިމުމުގެ ރަސްމިއްޔާތު އޮންނާނީ ޖެނުއަރީ ހަ ވަނަ ދުވަހުގެ ރޭގަނޑު 8:00 ޖަހާއިރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ޗެރިޓީ ރަން ނިންމުމުގެ ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ރަސްމީ ލޯގޯ އިފްތިތާހް ކުރާނެކަމަށް އައްފާލު ވިދާޅުވިއެވެ.

މި ހަރަކާތަކީ އޭޑީކޭއަށް 35 އަހަރު ފުރުމާ ގުޅިގެން އެ ހޮސްޕިޓަލުން އަންނަ އަހަރަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. މީގެ އިތުރުން މި އަހަރުގެ އެކި ހިސާބުތަކުގައި ތަފާތު ހަރަކާތްތައް ހިންގާނެއެވެ. އެގޮތުން އޭޑީކޭގެ ހިދުމަތްތައް އިތުރަށް އިފްތިތާހްކޮށް ފުޅާކުރުމުގެ އިތުރުން މުވައްޒަފުންނަށް ހިންގޭ އެކި އެކި ހަރަކާތްތައް ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް