ތިނަދޫ ފަޅުގައި އޮތް މަސްދޯނި އަޑިއަށް ގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އެ ރަށު ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ، އެ ދޯއްޏަކީ ވައިވާލި ނަމަކަށް ކިޔާ ދޯއްޏެއް ކަމަށެވެ.
އަދި އެއީ ތަންކޮޅެއް ކުރިން މަސްވެރިކަން ކުރުމަށް އެރަށު މީހަކު ގެނެސް ފައިވާ ދޯއްޏެއްކަމަށާއި، މަސްވެރިކަން ނުކޮށް އޮންނަތާ އެއްމަސް ވެފައި ވާކަމަށެވެ.
އިންޖީނު ހަލާކުވެ އެ ދޯނި ފަޅުތެރެގައި ގިނަދުވަސް ވެފައި ވުމުގެ ސަބަބުން ދޯނި ދިޔަވުމުގެ ސަބަބުން ދޯނީގެ ބޮޑު ބައެއް އަޑިއަށް ގޮސް ހަލާކުވެފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.