ads
ހަގުރާމަވެރިން
އަބުރާ ރާއްޖެ އަންނަ ހަނގުރާމާ ވެރިންނާއި ބެހޭ ހާއްސަ އުސޫލެއް އެކުލަވައިލައިފި
ބޭރު ގައުމެއްގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު، ނުވަތަ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އެނބުރި ރާއްޖެއަށް އަންނަ މީހުންނާއި ކުދިން ބަންދުކުރެވޭނެ ހާއްސަ އިޖުރާއަތުތަކެއް އާއްމު ކޮށްފި އެވެ.
Advertisement

މި ހާއްސަ އިޖުރާއަތްތައް ކަނޑައަޅާފައިވަނީ ޓެރެރިޒަމް މަނާ ކުރާ ގާނޫނުން ބާރު ލިބިގެންނެވެ.

އިއްޔެ ގެޒެޓުކުރި އުސޫލުގައި ވާގޮތުން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު، ނުވަތަ ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ އަންނަ ހަނގުރާމަވެރިންނާއެކު ނުވަތަ އެ ނޫން ގޮތަކަށް އެފަދަ ސަރަޙައްދަކުން އެ މީހުންނާއެކު އަންނަ މީހުންނަކީ، ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތެއް ކަމަށް ބަލައި، އެ ފަރާތެއް މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޓަކައި އެފަދަ ފަރާތްތައް ބަންދު ކުރަން ޖެހެނީ ހާއްސަ މަރުކަޒެއްގަ އެވެ. 

އެގޮތުން މި މާއްދާގެ ދަށުން މިނިސްޓަރު ކުރާ އަމުރަކީ، އެ އަމުރު ބާތިލުކުރެވެންދެން ދެމިއޮންނާނެ އަމުރެއް ކަމަށާއި،  އެއީ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ، އެ އަމުރު ރައްދުވާ އެންމެހައި ފަރާތްތަކުން އެ އަމުރުގައި ހިމެނޭ އެންމެހައި ކަންކަމުގެ މައްޗަށް އަމަލުކުރުން ލާޒިމު އަމުރެއް ކަމުގައިވެސް ވެއެވެ.

އަދި އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ ކުޑކުދިންނަށް ހާއްސަ އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މަސްލަހަތު ރައްކާތެރި ކުރުމަށް ޓަކައި، އެ ކުދިން އެ ކުދީންގެ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިހްތިޔާރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދު ތަކުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ލިބިގެން ވާނެކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

މައިންބަފައިންނާއި ކުދިން ވަކި ކުރެވޭނެ ހާލަތްތައް:

  •  ހަރުކަށި ފިކުރަށް ހުށަހެޅުމުގެ ފުރުސަތު އޮތުން
  • ނަފްސާނީ ހާލަތެއްގެ ސަބަބުން ކުއްޖާއަށް ދޭންޖެހޭ އަޅައިލުމާއި ރައްކައުތެރިކަން ނުދެވުން
  • އިހުމާލުގެ ސަބަބުން ކުއްޖާއަށް ނަފްސާނީގޮތުން ނުވަތަ ޖިސްމާނީގޮތުން ގެއްލުންވެފައިވުން
  • އެކްސްޕްލޮއިޓޭޝަންގެ އަމަލެއްގެ ޝިކާރައަކަށް ކުއްޖާ ވެފައިވުން
  • އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ހާލަތެއްގައި އެކުއްޖާ ހުރުން

މިފަދަ ކުދިން އާއިލާގެ އެހެން މެމްބަރަކާއި ހަވާލުކުރާނަމަ ރިސްކް އެސެސްމެންޓަކަށް ފަހު އެ ކުއްޖާއަށް ދޭންޖެހޭ ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް ޝަރުތުކޮށް ހަވާލުކުރެވިދާނެ ކަމަށް މި އުސޫލުގައި ވެއެވެ. ހަވާލުވާނެ ފަރާތެއް ނެތްނަމަ ކުއްޖާ ބަހައްޓާނީ މަރުކަޒުގަ އެވެ.

މި މަރުކަޒުގައި ބަންދު ކުރެވޭ އެއްވެސް މީހަކު ދޫކޮށްލާނީ އެމީހަކީ މުޖުތަމައަށް ރުޖޫއަވުމަށް ތައްޔާރުވެފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ހަދަންޖެހޭ ރިސްކް އެސެސްމަންޓް ފަހު އެވެ.

މީގެ އިތުރުން އެ މަރުކަޒުގައި ބަންދު ކުރާ ފަރާތްތަކަށް ގުޅުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި ރާއްޖެ ނަމްބަރުތަކަށެވެ. އެއީ އެ މީހުންގެ އާއިލާ އަށް އެކަންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް