ads
އަހުމަދު ހިޝާނަށް
އަޅުގަނޑުގެ މަސްގަނޑު ކާންދީގެން އިނީ ރައީސް ނަޝީދު: ހިޝާން
ރައްޔިތުންގެ މަޖިލީހުން މަސްގަނޑު ކާލި އިރު ރިޔާސަތުގައި އިންނަވައިގެން މަސްގަނޑު ކާން ފުރުސަތު ދިނީ ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު ކަމުގެ މަގާމު މީގެ ކުރިން ފުރުއްވި ހިޝާން އަހުމަދު ބުނެފިއެވެ.

ނުކުޅެދޭ ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކޮށް އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު ކަމުގެ މަގާމުން ހިޝާން ވަކިކުރީ، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުއެވެ. 

އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ފުލުހުންގެ އިދާރާ އަދި ޖެންޑާ މިނިސްޓްރީންވެސް ވަނީ ބަލާފައެވެ. އެހެން ނަމަވެސް ހިޝާންގެ މައްޗަށް އެފަދަ އަމަލެއް ހިންގި ކަން ސާބިތުވެފައި ނުވެއެވެ. 

ރައީސް ނަޝީދާއި ދިމާލަށް ލާދީނީ އޭ ގޮވާ ގޮވުން ހުއްޓުވައި ދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި ހަބަރު ހިއްސާ ކުރަމުން ހިޝާން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިންސާނީ ހައްގުތަކެއް ނެތް ކަމަށާއި ރާއްޖެއަކީ މިނެ ކިރާފައި މޮޅު މީހާ އަށް މޮޅުކޮށް ދެރަ މީހާއަށް ދެރަކޮށް ކަންކަން ކުރާ ތަނެއް ކަމަށްވެސް ހިޝާން ވަނީ ބުނެފައެވެ. 

އަދި އޭނާގެ އަބުރު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ތިއްބެވި އިއްޒައްތެރި މެމްބަރުން ނަގާލި އިރު އެކަމަށް ފުރުސަތު ދެއްވައިގެން އިންނެވީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކަމަށްވެސް ހިޝާން ވަނީ އޭނާގެ ފޭސްބުކް ޕޯސްޓުގައި ބުނެފައެވެ. 

"ރައީސް ނަޝީދުގެ ވާހަކަ ދެއްކީމަ މައްސަލަ އަކަށް ވޭ. މަޖިލީހުގެ އަހަރެންގެ މަސްގަނޑު ކާލި އިރު، ރިޔާސަތުގައި އަހަރުގެން މަސްގަނޑު ކާން ދީގެން އިނީ ރައީސް ނަޝީދު. މަޖިލީހުން ބަލައިގެން ވެސް ފުލުހުން ބަލައިގެން ވެސް އަހަރެންގެ މައްޗަށް ކުށެއް ނުދެއްކުން." ހިޝާން ބުންޏެވެ.



މީގެ އިތުރުން ހިޝާން ބުނީ، ރައީސް ނަޝީދު އާއި ބެހޭ ގޮތުން ވާހަކަ އެއް ބަޔަކު ދައްކާނަމަ އެކަން މައްސަލަ އަކަށް ވާކަމަށާއި، ރައްޔިތުންގެ ތެރޭގައި އެއްވެސް ހަމަ ހަމަކަމެއް ރާއްޖޭގައި ނުގެންގުޅޭ ކަމަށެވެ. 

މީގެ ކުރިން މި މައްސަލަ އާއި ގުޅިގެން ހިޝާން ބުނީ، އޭނާއަށް އަނިޔާދިން އެންމެހާ ފަރާތްތަކަށް މާފުކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެހެެންމެ އެ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުއާ ކުރާ ކަމަށް ވެސް ހިޝާން ވަނީ ބުނެފައެވެ. 

68%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް