ads
ކައުންސިލް އިންތިހާބުގައި އެމްއާރްއެމްގެ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު އިތުރުކޮށްފި
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް)ގެ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު އެޕާޓީން އިތުރުކޮށްފި އެވެ.

މިކަން ހާމަކޮށް އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އުތުރުކޮށްފައިވާކަމަށެވެ. 

އަދި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން، ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ވާދަކުރަން ބޭނުންވާ ކައުންސިލުގެ ނަމާއެކު ފެބްރުއަރީ 10 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޮނުވުމަށް ވަނީ އެދިފައެވެ. 

މި މައުލޫމާތު ފޮނުުވަން ޖެހެނީ 7563664 ނަންބަރު ފޯނަށް އެސްއެމްއެސް އަކުން ކަމަށް އެ ޕާޓީން ބުނެއެވެ.



އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ވެސް މި ފޯނު ނަންބަރަށް ގުޅުމުން، މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ. 

އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ 20 ނޮވެންބަރ 2019 ވަނަ ދުވަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް