ads
މޮނީޓަރިންގައި މާފުށީ، ޕިކްނިކް އައިލެންޑާއެކު ކަންބޮޑުވުން
މޮނިޓްރިންގައި މިވަގުތު އޮތް ކ. މާފުއްޓަކީ ފަތުރުވެރިކަމުގެ ރާއްޖޭގެ އެންމެ ބޮޑު މަންޒިލް ކަމުގައި ވާއިރު، މިފަހުން ހުޅުވި ޕިކްނިކް އައިލެންޑަށް އަރާފޭބޭނެ ކަމަށް އެރަށު ކައުންސިލް ރައީސް ވިދާޅު ވެއްޖެ އެވެ.
Advertisement

ފަތުރުވެރިކަން ރާއްޖޭގެ ނިސްބަތުން އެންމެ ފުޅާކޮށް މިވަގުތު ފެތުރިގެން އަންނަށް މާފުށީގައި މީގެ ދުވަސްކޮޅެއްކުރިން ހުޅުވި ޕިކްނިކް އައިލެންޑް އަކީ އެރަށާއި ޖެހިގެން އެއްފަސް ކޮށް ހަދާފައި އޮތް ޕިކްނިކް އައިލެންޑެއްކަމަށް، އެ ރަށު ކައުންސިލް ރައީސް ހަސަން ސޮލާހް ވަނީ ވިދާޅުވެފައެވެ. 

މިރަށާއި ޖެހިގެން އޮތް ކުޑަ ފަޅުރަށެއްމީ (ވަށް މާފުށި) ސުނާމީގައި މިރަށަށް ބޮޑު ގެއްލުން ތަކެއް ވެފައި ވަނިކޮށް އަލުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި، ވަށްމާފުށި މިވަނީ ހަދާފައި. މިހާރު ގިނަމީހުން މިރަށަކަށް އަރާ ނަހަދާ އެކަމަކު ވެސް މަދުން ނަމަވެސް އާދޭ މިރަށަށް. އަންނަށް ފަރާތްތައް މިއޮތީ ހުޅުވާލެވިފައި. ވަކިން ވެސް އެރަށަށްދެވޭ އެހެންނަމަވެސް ފަސޭހައިން ދެވޭގޮތަށް އޮންނަނީ މާފުށިން. އަންނަށް ފަރާތްތަށް މާފުށިން ދުއްވާ އެއްޗެހީގައި ދެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަނީ'"

މީގެ ދުވަސް ކޮޅެއްކުރިން މާފުށި ވަނީ މޮނިޓްރިން ހާލަތަށް ގެނެވިފައިކަމަށް، އެޗްޕީއޭ އިންވެސް ބުނެފައިވާއިރު، ކައުންސިލުން ވެސް ވަނީ އެރަށް މޮނީޓްރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް ބުނެފައެވެ. 

ނަމަވެސް އެރަށް މޮނިޓްރިން އަށް ގެނެވިފައިވާއިރު އެ ރަށުގައި އަރާ ފޭބުމުގެ ހުއްދަ އޮތް ކަމަށް ކައުންސިލް ރައީސް ވަނީ ފާހަގަކޮށްފައެވެ.

އެޗްޕީއޭއިން މިކަމާއި ގުޅިގެން ބުނީ، މާފުށި މޮނީޓަރިންގެ ހާލަތަށް ގެނައީ އެރަށުގެ ފްލޫ ކްލިނިކް ގެ އިތުރުން ރެންޑަމް ސާމްޕަލް ތަކެއް ނެގިއިރު އޭގެ ތެރެއިން ބައެއް މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވުމުން ކަމަށެވެ. އެގޮތުން މިހާތަނަށް 12 ފަރާތެއް ބައްޔަށް ޕޮޒިޓިވް ވެފައި ވާކަމަށާއި، ޕޮޒިޓިވް ވެފައި ވަނީ ހުސް ދިވެހިން ކަމަށްވެސް އެޗްޕީއޭއިން ބުންނެވެ. 

ރަށުގައި ތިބި އެއްވެސް މީހަކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަން ދެން ރަށުން ފޭބުމާއި އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މިވަގުތުން ފެށިގެން މަނާވާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް