ކިމް މި-ސޫ މަރުވެފައިވާކަން އޭނާގެ އެޖެންސީ ލޭންޑްސްކޭޕް އެންޓަޓެއިންމެންޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެ އެޖެންސީ އިން ފޮނުވި ސްޓޭޓްމަންޓެއްގައި ބުނީ ޖެނުއަރީ ފަސް ވަނަ ދުވަހު ކިމް މި-ސޫ މަރުވެފައިވާކަމަށެވެ. ނަމަވެސް އޭނާގެ މަރުގެ ސަބަބު ބުނެފައެއް ނުވެއެވެ.
އެ އެޖެންސީ އިން ވަނީ މަރާއި ގުޅިގެން ނޭނގޭ މައުލޫމާތު އަދި ދޮގުމާތު ނުފެތުރުމަށް އެދިފައެވެ.
ޖަނާޒާ ކުރިއަށްދާނީ އާއިލާއިން އެދޭ ގޮތަށް ޕްރައިވެޓްކޮށެވެ. މަރުވި އިރު އޭނާގެ އުމުރަކީ 29 އަހަރު އެވެ.
ކިމް މަރުވެފައި މިވަނީ 1987 ވަނަ އަހަރު ދެކުނު ކޮރެއާގައި ކުރިއަށްދިޔަ ޑިމޮކްރަސީ ހަރަކާތުގެ މައްޗަށް އުފައްދާފައިވާ "ސްނޯޑްރޮޕް" ކިޔާ ޑްރާމާއެއް ޑިޒްނީ ޕްލަސް އިން ރިލީސް ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.