ads
ރިތިކް…
ކަރަންގެ އެކްޝަން ފިލްމު ކުޅެން ރިތިކަށް
ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ކުރިއަށް ހަދަން ނިންމާފައިވާ އެކްޝަން ފިލްމެއް ކުޅެން ރިތިކް ރޯޝަން އަށް ލިބިފައިވާ ކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.

ފިލްމުގެ ވާހަކަތައް ދެކެވެން ފެށުމު ނަމަވެސް ކަރަން ރަސްމީކޮށް މި ފިލްމާއި ދޭތެރޭ އެއްޗެއް ނުބުނެއެވެ.

އެހެން ނަމަވެސް މި އަހަރުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ހަބަރުތައް ބުނެފައިވާއިރު މީގެ ކުރިން ވެސް ރިތިކް ވަނީ ކަރަން އާއެކު މަސައްކަތްތަކެއް ކޮށްފައެވެ.

މިހާތަނަށް ލޯބީގެ އިޝްގީ ފިލްމުތަކެއް ސިނަމާއަށް ގެނެސްފައިވާ ކަރަން އެކްޝަން ފިލްމަކާއި ދިމާލަށް މިސްރާބު ޖެހި މިއީ ފުރަތަމަ ފަހަރެވެ.

your imageރިތިކާއި ކަރަން ޖޯހަރު…

ކަރަން މިހާރު މަސައްކަތް ފަށާފައި އޮތް ފިލްމަކީ 8 ވަނަ ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ލޯބީގެ ފިލްމުގެ ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ.

ދާދި ފަހުން ކަރަން ވަނީ އެ ފިލްމު ނިންމުމަށް ފަހު ވަރަށް ކުރިން ސުރެއް އިއުލާނުކޮށްފައި އޮންނަ "ތަހުތު" ގެ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށް ވެސް ބުނެފައެވެ.

ކަރަންގެ ދަރްމާ ޕްރޮޑަކްޝަންގެ ދަަށުން ރިތިކް "އަގްނީޕަތް" އާއި "ކްބީ ހުޝޫ ކަބީ ގަމް" ކުޅެފައިވާއިރު ރިތިކް މިހާރު ކުޅެން ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މިހާރު ޝޫޓިން ފަށާފައި އޮތް "ވިކްރަމް ވޭދާ" އާއި ޝޫޓިން ފަށަން ތައްޔާރުވާ "ފައިޓާ" ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް