ބުރާސްފަތި ދުވަހު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައ ކޮލަމާފުށީގައި ޖުމްލަ 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ސޮއި ކުރެއްވި އިރު، ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ތޮލްހަތު އެވެ.
އެ މަޝްރޫއުގެ ދަށުން މަސްވެރި ކަމަށް ހާއްސަ އެ ރަށުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި މަގު ތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް 450 ދުވަހުން ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
ސަރުކާރުން ދަނީ ތާރު އަޅައިގެން މަގު ހެދުމުގެ މަސައްކަތް އެކި ރަށްރަށުގައި ކުރަމުންނެވެ. އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ރަށްރަށުގައި ދަނީ ސަރުކާރުން ހިންގަމުންނެވެ.