ads
ފިންލޭންޑުގެ ރައީސް ސައުލީ ނިނިސްޓޯ އަަދި ރަޝިޔާގެ ރައީސް ލަޑިމީއާ ޕުޓިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން- ފޮޓޯ: ގެޓީ އިމޭޖެސް ޔޫރަޕް
ޔޫރަޕު ރަޝިޔާއަށް: ޔޫކްރެއިންއަށް އަރައިފި ނަމަ އަހަރުމެން އެންމެން ނޭޓޯ އާއި ގުޅޭނަން
ރަޝިޔާއިން ޔޫކްރެއިން އަށް އަރައިފި ނަމަ ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ގައުމެއް ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)އާއި ގުޅޭނެ ކަމުގެ އިންޒާރު ފިންލޭންޑުގެ ރައީސް ސައުލީ ނިނިސްޓޯ ދެއްވައިފި އެވެ.
Advertisement

ޔޫރަޕިއަން ކައުންސިލްގެ ވެރިއަކަށް ވެސް މިވަގުތު ހުންނެވި ފިންލޭންޑުގެ ރައީސް ނިނިސްޓޯ، އާ އަހަރުގެ ތަގްރީރުގައި ވަނީ ރަޝިޔާއިން ޔޫކްރެއިން އަރައިގެންފި ނަމަ ޔޫރަޕުން ކަންކުރާނެ ގޮތްތަކުގެ ހިޔާލުތައް ދެއްވާފައެވެ. 

އެގޮތުން ހާއްސަކޮށް ޔޫރަޕުގައި ހިމެނޭ ނަމަވެސް ނޭޓޯ އިއްތިހާދުގައި ނުހިމެނޭ ގައުމުތަކަށް ނިނިސްޓޯ ވަނީ ހިޔާލުތަކެއް ދެއްވާފައެވެ. މިވަގުތު ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ނަމެސް ނޭޓޯ މެމްބަރަކަށް ނުވާ ހަ ގައުމެއް އޮވެއެވެ. އެއީ ފިންލޭންޑް، ސްވެޑެން، އޮސްޓްރިއާ، އަޔަލޭންޑް، މަލްޓާ އަދި ސައިޕްރަސް އެވެ.  

ފިނި ހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަން އާ ދެކޮޅަށް ސުލްހަ ގާއިމްކުރަން ކަމަށް ބުނެ އުފެއްދި ނޭޓޯ އިއްތިހާދުގައި 30 މެމްބަރު ގައުމު ހިމެނެއެވެ.  

ރަޝިޔާއިން ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް އެއް ލައްކަ އަށްވުރެ ގިނަ ސަފައިން ޖަމާކޮށްފައިވާ މިދަނޑިވަޅުގައި ޔޫރަޕިއަން ޔޫނިއަން އިން އަންނަނީ އެގައުމަށް ރަޝިޔާއިން އަރައިފި ނަމަ ކަންކުރާނެ ގޮތްތަކާމެދު މަޝްވަރާކުރަމުންނެވެެ. އެގޮތުން ޔޫރަޕުން ވަނީ ދުވަހުކުވެސް ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދިފައެވެ. 

ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވަނީ މިހާރުން މިހާރަށް ރަޝިޔާއިން ބޭނުންވާ ސެކިއުރިޓީ ގެރެންޓީ ދިނުމަށް، ނޫނީ ނަތީއްޖާ ހިތިވާނެ ކަމުގެ އިންޒާރު ދީފައެވެ. ރަޝިޔާ ނޭޓޯއަށް ހުށަހެޅި ޑްރާފްޓްގައިވާގޮތުގައި 1997 ވަނަ އަހަރުން ފެށިިގެން ނޭޓޯއިން ފުޅާކޮށް އިތުރުކުރި ގައުމުތައް ނޭޓޯއިން ބޭރުކުރަން ޖެހެއެވެ. އަދި ކުރީގެ ސޯވިއެޓް ގައުމުތަކަށް ނޭޓޯ މެމްބަރުކަން ނުދިނުމަށް ޑްރާފްޓްގައިވެއެވެ. ނަމަވެސް ނޭޓޯއިން ވަނީ އެގައުމަކަށް އެގައުމަކުން ކުރާނެ ކަންކަން ނިންމުމުގެ މިނިވަންކަން އޮންނާނެކަމަށާއި، ރަޝިޔާއިން ބުނާގޮތަކަށް ކަންކުރަން ނުޖެހޭނެ ކަމަށް ބުނެފައެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ފިންލޭންޑުން ވަނީ ސޯވިއެޓް ޔުނިއަން އާއެކު ހެދި ޑީލެއްގެ ދަށުން އެއްވެސް ކޮޅަކަށް ނުޖެހޭނެ ގައުމެއް ގޮތުގައި އިއުލާންކޮށްފައެވެ. އެހެން ގައުމުތަކުން ވެސް "ފިންލޭންޑައިޒޭޝަން" ބޭނުންކޮށްގެ މިނިވަންކަން ހޯދަން މަސައްކަތް ކުރި އެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް