ads
ޔާމީން އަދި ސަމީރު——
ހުޅުމާލޭ ޕްރޮޖެކްޓް ތަކަކީ މާކުރިން ރާވާފައި ހުރި ކަންކަން: ސަމީރު
ހުޅުމާލޭގައި މިހާރު ކުރިއަށް ގެންގޮސް، ނިމިފައިވާ ޕްރޮޖެކްޓް ތަކަކީ މާކުރިން ރޭވިގެން ހިންގާފައިވާ ޕްރޮޖެކްޓް ތަކެއް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރޭގަ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަޝްރޫއުގެ މަޝްވަރާތައް ވަޒީރުންގެ މަޖިލީހުގައި ކުރިއަށް ގެންދެވީ 3 އެޕްރީލް 2012 ގައި ކަމަށެވެ. އަދި އޭރުގެ ރައީސް ކަމުގައި ހުންނެވީ، ރައީސް ނަޝީދުގެ ވެރިކަމުގެ ނައިބްރައީސް ޑރ މުހައްމަދު ވަހީދު ހަސްނަ ކަމުގައެވެ.  

އެ ޕްރޮގްރާމްގައި ސަމީރު ވިދާޅުވީ ބްރިޖްގެ މަސައްކަތާއި، ހުޅުމާލެ ދެވަނަ ފޭސްގެ މަސައްކަތަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ މާކުރިން ޕްލޭން ކުރެވިފައިވާ މަސައްކަތް ތަކެއް ކަމަށެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ސަމީރު ވިދާޅުވީ ބްރިޖް ޕްރޮޖެކްޓަށް ބިޑު ހުށަހަޅަން ހުޅުވާލާފައިވަނީ 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.  އަދި އެ ބިޑުތައް ބަލައިގަނެ ހުޅުވާފައިވަނީ  2012 ވަނަ އަހަރުގެ މޭ ،3 ގައި ކަމަށެވެ.

ސަމީރު އިތުރަށް ވިދާޅުވީ ރައީސް މައުމޫނު 1997 ގައި ފެއްޓެވި ހުޅުމާލޭ މަޝްރޫއުގައި ރައީސް ޔާމީންގެ ނަންފުޅު އަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ރަށުގައި ހިންގަން ޖެހޭ ހުރިހާ ކަމެއް ޕްލޭން ކޮށް ނިންމާފައިވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށް ސަމީރު ވިދާޅުވިއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް