ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ އިމާރާތް
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ޓާމިނަލް ބޭނުންކުރަން ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ޓާމިނަލް މިއަދު ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ މިއަދު ހެނދުނު ބޭނުން ކުރަންފެށި މިޓާމިނަލުގައި އެއްފަހަރާ 95 މީހުންނަށް ހިދްމަތް ދެވޭނެ ކަމަށެވެ.

ޗައިނާގެ ކުންފުންޏަކުން ކުރިއަށްގެންދާ މިޕްރޮޖެކްޓްގެ ދަށުން ހަދާ 4 ބުރީގެ އިމާރާތުގެ ފުރަތަމަ ފަންގިފިލައާއި 2 ވަނަ ފަންގި ފިލާއިން ދޭނީ ވީއައިޕީ އަދި ސީއައިޕީގެ ހިދްމަތްތަކެވެ. 

4 ބުރީގެ ވީއައިޕީ ޓާމިނަލް ގެ އާ އިމާރާތުގެ މަސައްކަތަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް