ads
ދިޕިކާ——
ކޮވިޑް ޖެހި ރަނގަޅު ވިޔަސް، 2 މަސް ވަންދެން ޗުއްޓީ ނަގަން ޖެހުން: ދިޕިކާ
ދިޕިކާއަށް ކޮވިޑް ޖެހުނީ މިދިޔަ އަހަރުގެ މެއި މަސް ތެރޭގައެވެ. އެފަހަރު އޭނާ އާ އެކު މުޅި އާއިލާ ކޮވިޑަށް ޕޮޒިޓިވްވިއިރު، ރަނގަޅުވުމާއި ދެމެދު ހޭދަވި ދުވަސްތަކުގެ ވާހަކަ ދިޕިކާ ދެއްކި މިއީ ފުރަތަމަ ފަހަރެވެ.
Advertisement

އެދުވަސްތައް ދިޔަ ގޮތް ހިއްސާކުރަމުން ދިޕިކާ ބުނީ އޭނާގެ ނަޒަރުގައި ލޮކްޑައުން އަދި ފެތުރެމުންދާ ކޮވިޑް ބައްޔަަކީ އެއާ އެކު އުޅެން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

އޭނާ ބުނިގޮތުގައި ކޮވިޑު ޖެހި ރަނގަޅު ވުމަށް ފަހު އަމިއްލައަށް އަމިއްލަ މީހާ ދެނެގަންނަން ނޭނގޭ ވަރަށް ބަދަލުވިއެވެ. އެގޮތުން ޖިސްމާނީ ގޮތުން މީހާ އަށް ބޮޑެތި ބަދަލުތަކެއް އައިކަމަށާއި، ބަލިވި ދުވަސްކޮޅު ރަނގަޅުވުމަށް ނަގަންޖެހުނު ބޭސްތަކުގެ ސަބަބުން ވެސް މީހާ ބަލިން ރަނގަޅުވިޔަސް ދުވަސްތަކަކަށް އެކަމުގެ ތެރޭގައި އުޅެން ޖެހޭ ކަމަށެވެ. 

ދިޕިކާ ބުނީ ކޮވިޑުން ރަނގަޅުވުމަށްް ފަހު މީހާ ބަލިން ރަނގަޅުވި ނަމަވެސް އެ އާ ވިދިގެން މުޅި ހަށިގަނޑަށާއި، މީހާގެ ސިކުޑިއަށް އަންނަ ބަދަލުތަައް އެތައް ދުވަހަކަށް ދެމިގެންދާ ކަމަށެވެ. އެހެންކަމުން ކޮވިޑުން ރަނގަޅުވި ފަހުން ވެސް ދެ މަސް ދުވަހުގެ ޗުއްޓީއެެއް ނަގަން ޖެހުނުކަމަށް ދިޕިކާ ބުންޏެވެ. 

ދިޕިކާ ބުނީ އެކަން އެގޮތަށް ކުރަން ޖެހުނީ ކޮވިޑަށް ފަހު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް މަަަސައްކަތުގެ މާހައުލުގައި ފިޓު ނުވުމުން ކަމަށާއި، މަަަސަައްކަތައް ސިކުނޑި އަލުން ހޭނުވުމަށް މަސައްކަތުގެ މާހައުލުން ދުރުގައި ސިކުނޑިއަށް ލުއިކޮށް ވަގުތުތަކެއް ހޭދަކުރުން ވަރަށް މުހިންމު ކަމަށެވެ. 

ދިޕިކާ ބުނީ އެދުވަސްކޮޅު އޭނާގެ ސިކުނޑި އެއްވެސް ވަރަކަށް މަަސައްކަތް ނުކުރާހެން އޭނާއަށް ހީވާ ކަމަށާއި އެދުވަސްތަކަކީ ވަރަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް