ads
ދެހަފްތާ ތެރޭގައި ނަތީޖާ ފެންނަ ޕޭސްޓެއް
އަތްތިލައިގެ ހަންގަނޑު އޮމާން ކޮށްލުމަށް 2 ހަފްތާ ތެރޭގައި ނަތީޖާ ފެންނަ ޕޭސްޓެއް
ޒުވާން ކަމުގައި ދެމިހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެވެ.

ނަމަވެސް އުމުރުން ދުވަސް ވުމުގެ ސަބަބުންނާއި،  ބައެއް މީހުން އުފެދިފައި ހުންނަށް ގޮތުން އަތްތިލައިގެ ހަންގަނޑު ކުރެކިވެފައި ހުންނަ ބޭފުޅުން މަދުން ނަމަވެސް ފެންނަމުން ދެއެވެ. މިފަދަ ބޭފުޅުންނަށް، މިފަހަރު މިއޮތީ ދާއިމީ ހައްލެއްކެވެ. އަތްތިލައިގެ ހަންގަނޑު އޮމާން ކޮށްލަދޭ ދެތިން މިނެޓްގެ ޕޭސްޓެއް ތައްޔާރުކޮށް ލެވޭނެ ގޮތެކެވެ.

މި ފަދަ އެކި އެކި ޕޭސްޓްތައް ބޭނުން ކުރުމަށް ފަހު ވެސް ހަންގަނޑު އޮމާން ކުރުމުން ގިނަ މީހުން ވަނީ ނާކާމިޔާބު ވެފައެވެ. ބޭނުން ކުރޭވޭ ބައެއް ޕޭސްޓް ތަކުގެ ސަބަބުން ހަންގަނޑަށް ވަރަށް ބޮޑަށް ގެއްލުން ވާތަން ފެނެއެވެ. އެ ގޮތުން ހަންގަނޑަށް ދިމާވާ އެކި އެކި މައްސަލަތަކުގެ ތެރޭގައި ހަންގަނޑު މާބޮޑަށް ކުރަކި  ވުމާއި ތަފާތު އެކި އެލާޖިކް ވުން ހިމެނެއެވެ.

ނަމަވެސް މިފަހަރު މިއޮތީ މިފަދަ ބޭފުޅުންނަށް ގޭގައި ތިބެގެން ތައްޔާރު ކޮށްލެވޭނެ، ގަވައިދުން ބޭނުން ކޮށްފިނަމަ ނަތީޖާ ފެންނަލެއް ވެސް އަވަސް ގުދުރަތީ ތަކެތި ހިމަނައިގެން ތައްޔާރު ކޮށްލެވޭނެ ޕޭސްޓެކެވެ. މި ޕޭސްޓަށް މާގިނަ ތަކެތި ބޭނުމެއް ނުވާނެއެވެ.

ހަމަ އެކަނި ޕޭސްޓް ތައްޔާރު ކޮށްލުމަށް ބޭނުން ވަނީ ދަތް އުގުޅާ ބޭސް، ޓޫތު ޕޭސްޓް (ކޮލްގެޓް) އާއި ލުބޯގެ ތިނެއް ނުވަތަ ހަތަރު ތިއްކެވެ.

ތައްޔާރު ކުރާނެ ގޮތް: 

ކުޑަ ތައްޓަކަށް ދޭއް ނުވަތަ ތިން ސަމްސާ ޓޫތު ޕޭސްޓް އެޅުމަށްފަހު، ލުބޯ ހުތް ކޮޅުވެސް އަޅާފައި ރަނގަޅަށް މިކްސް ވަންދެން ދެތިން މިނެޓް ގިރާލާނީއެވެ. 

ބޭނުުން ކުރާނެ ގޮތް:

ތައްޔާރު ކޮށްލި ޕޭސްޓް އަތް ތިލައިގައި އުގުޅާލާށެވެ. އުނގުޅި ޕޭސްޓް 15 ވަރަކަށް މިނިޓް ވަންދެން ބެހެއްޓުމަށްފަހު ރަނގަޅަށް ދޮވެލާނީއެވެ. މިގޮތަށް ހަފްތާއަކު ދެފަހަރު މި ޕޭސްޓް އުނގުޅާ ކަމުގައި ވާނަމަ އަވަސް ހައްލު ފެނިގެން ދާނެވެ.

62%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް