ads
25 ޑިސެމްބަރުން ފެށިގެން ހޮޑުލުމާއި ބޭރަށް ހިންގާތީ އޭޑީކޭއަށް ބަލިމީހުން ދައްކާފައިވާ ގޮތް
ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން ފަށައިފި
ބޭރަށް ހިންގުމާއި ހޮޑުލުން މާލޭގައި ފެތުރެމުންދާތާ ހަފްތާ ތަކެއް ވެއްޖެކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން ޑރ މުހައްމަދު އަލީ ވިދާޅުވެފައިވަނީ މި ބަލި ގޭގެއަށް ވަންނަމުންދާ ކަމަށާއި، ވަންނަ ގެއެއްގެ ހުރިހާ އެންމެންނަށް މި ބަލި މިހާރު ފެތުރެމުންދާ ކަމަށެވެ.  ހޮޑު ލުމުގެ މައްސަލައަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވަނީ ސިއްހީ އިތުރު މައްސަލައެއް ނެތް މީހުން، ޑޮމްޕެރިޑޯން 10މގ ކޮންމެ ދުވަހަކު ތިންއިރު ބޭނުން ކުރުމަށެވެ. 

އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ މިކަން ފާހަގަކޮށްފައެވެ. އެހޮސްޕިޓަލުން ބުނީ ހޮޑުލުމާ ބޭރަށްހިންގާތީ އެހޮސްޕިޓަލަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ އަދި އެގޮތުން ގިނައިން ދައްކަނީ ކުޑަކުދީންނާއި ޒުވާނުން ކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ބުނެފައިވަނީ ބަލީގެ ނިޝާން ފެނުމާއެކު ފަރުވާ ދެވިއްޖެ ނަމަ އަވަހަށް ފަސޭހަވާ ކަމަށެވެ. 

ހޮޑުލުމާއި ބޭރަށް ހިންގުން ގިނަވެފައި މިވަނީ ކޮވިޑުގެ ކަންބޮޑުވުންވެސް އޮތް ދުވަސް ކޮޅެއްގައެވެ. ކޮވިޑް ފެތުރޭތީ އެޗްޕީއޭއިން ވަނީ މާލޭގައި ބޭއްވި މަގުމަތީ ބާޒާރު ކުރިއަށް ގެންދިއުމަށް ދެފަހަރަކަށް ހުއްދަ ދިނުމަށްފަހު ބަންދު ކޮށްފައެވެ. އެ އޭޖެންސީން އިލްތިމާސް ކުރަނީ މާސްކް އެޅުމަށާއި، މީހުން ގިނައިން އެއްވާތަންތަނަށް ނުދިއުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް