ads
ހަކުރު މިކްސް ޕޮޕްކޯން :އަޖުމަ ބަަލާލުމަށް ހަމަ އެއްވަނަ
ހަކުރު މިކްސް ޕޮޕްކޯން: އަޖުމަ ބަަލާލުމަށް ހަމަ އެއްވަނަ
މިފަހަރު މިއޮތީ ޕޮޕްކޯން ހަކުރުގަލާން ހަދާނެ މޮޅުގޮތެކެވެ. އަދި އަނގަޔަށް މީރު މިލުއި ކެއުން އޮފީސް ތަކުގަޔާއި ޕިކްނިކް ފަދަ ތަންތަނުގައި ތިބެ ރައްޓެހިންނާއެކު، ކާލުމުން އަނގަޔަށް ވިރިގެންދާ ކަމަށް މި ރެސިޕީގެ އަޖުމަ ބެލި ގިނަ މީހުން ދަނީ ބުނަމުންނެވެ. މިފަހަރު ހިނގާ މިކެއުމުގެ އަޖުމަ ބަލާލަމާދޯ!
Advertisement

މި ފަދަ އެކި އެކި ކެއުންތައް ބޭނުން ކުރުމަށް ފަހު ވެސް ރަހަ ކަމުނުދާ ކަމަށް ގިނަ މީހުން ބުނެއެވެ. މިގޮތަށް ދިމާވަނީ ރެސިޕީ އަށް ބޭނުން ވާވަރަށް ހަމަޔަށް ސާމާނު ނޭޅުމުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. އެގޮތުން އަގުބޮޑުކޮށް ރެސިޕީއަށް ބޭނުންވާ ސާމާނު ގަނެ އެއްލާލަން ޖެހޭ ފަހަރު ގިނަ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް މިފަހަރު ކިޔައިދޭން މިއުޅެނީ 15 ވަރަކަށް މިނިޓް އިން ހަދާލެވޭނެ މީރު އަނގައަށް ލުއި ފޮނި ޕޮޕްކޯން ހަދާލާނެ ގޮތުގެ ރެސިޕީ އެވެ.

ގޭގައި ތިބެގެން ތައްޔާރު ކޮށްލެވޭނެ، މި ކެއުމުން އަނގައަށް މީރުވެފައި، ކާގޮތަށް އަގަޔަށް ވިރިގެން ދާނެ ކަމަށް މިކެއުން ތަޖުރިބާ ކުރި ގިނަ މީހުން ބުނެ އެވެ. މިއީ އޮފީސްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަ ކެއުމެކެވެ. މި ރެސިޕީ ތައްޔާރު ކޮށްލުމަށް މާގިނަ ތަކެތި ބޭނުމެއް ނުވާނެއެވެ. 

ބޭނުުން ވާ ތަކެތި:

1. ޒުވާރި

2. ހަކުރު

3. ސިނަމަން (ފޮނިތޮށި) 

ތައްޔާރު ކުރާނެ ގޮތް: 

ފުރަތަމަ ޖެހޭނީ ތެއްޔަކަށް ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނު ކުރުމަށް ފަހު ޒުވާރި އޭގެ ތެރެއަށް އަޅާފައި މާ ގޮތަށް ފުފެންދެން ( ޕޮޕްކޯން) އަށް ވަންދެން ތައްޔާރު ކުރާށެވެ.

އެއަށް ފަހު ހަކުރު ތެއްޔަށް އެޅުމަށް ފަހު ހޫނުކުރަމުން ތެލީގައި ތައްނުލަވާވަރަށް ރަތް ވަންދެން ކައްކާނީ އެވެ. އެއަށް ކުޑަ ސިނަމަން ކޮޅެއް އެޅުމަށް ފަހު ރަނގަޅަށް ކެކި ގަތުމުން ޒުވާރިމާ އަޅާ އެއްކޮށް މިކްސް ކޮންލާނީ އެވެ. އޭރުން ހުންނާނީ "ހަކުރު މިކްސް" ޕޮޕްކޯން ތައްޔާރުކޮށް ނިމިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް