ads
ފޮޓޯ: ސަން
އަދީބުގެ ޝަރީއަތް ކެންސަލްކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައި އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ތާވަލު ކޮށްފައި އޮތީ މެންދުރު 02:00 އަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެންނެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަދި ރައީސް ޔާމީންގެ ނައިބުގެ މަޤާމު ފުރުއްވި އަދީބުގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ ޖުމްލަ ހަތް ދައުވާ އެކެވެ. މީގެ ކުރިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ޖުމުލަ 33 އަހަރުގެ ޖަލުހުކުމެއް އިއްވާފައި ވެއެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން އެމައްސަލަ ތަކުގައި އިއްވާފައިވާ ހުކުމްތައް ހައިކޯޓާއި ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް