ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ތިނަދޫ ބިން ހިއްކުމަށް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
ތިނަދޫގައި ބިން ހިއްކައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީކުރުމަށް އެމްޓީސީސީއަށް
ގދ. ތިނަދޫ ބިން ހިއްކައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
Advertisement

މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި އޮތް ރަސްމިއްޔާތުގައި ކޮންޓްރެކްޓްގައި ޕްލޭނިން މިނިސްޓްރީގެ، ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް އަހްމަދު ތޮލްހަތު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އެވެ. 

މިއަދު ހަވާލުކުރި "ލޭންޑް ރިކްލެމޭޝަން ފޯ އިންޑަސްޓްރިއަލް ޒޯން އެންޑް ޝޯޕްރޮޓެކްޝަން" ޕްރޮޖެކްޓް އަކީ 125.22 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. 

މި މަޝްރޫއުގެ ދަށުން 219,595 އަކަމީޓަރުގެ ބިން ހިއްކަން ހަމެޖެހިފައިވާއިރު 1،336 މީޓަރ ރިވެޓްމެންޓް ޖެހުން ހިމެނެވެ. އަދި 468 މީޓަރު ރިވެޓްމެންޓް ޖެހުން (ހުޅަނގު ދެކުނު ފަރާތުގައި) ހިމެނޭ އިރު 284  މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނެވެ. 

އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން އެއް ކޮންކްރީޓް ބްރިޖު އެޅުމަށް ވަނީ ހަމަޖެހިފައެވެ.
 

މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލް މުގުނީވެސް ބައިވެރިވަޑައިގަތެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް