ads
ޕޯޓަލް އިފްތިހާހުކުރަނީ
އެޗްޑީސީއަށް ބިޑާއި ޕްރޮޕޯޒަލް ހުށަހަޅޭނެ ޕޯޓަލެއް ތައާރަފްކޮށްފި
އެޗްޑީސީއަށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ހާއްސަ ޕޯޓަލްއެއް މިއަދު އިފްތިތާހްކޮށްފި އެވެ.

އެޗްޑީސީން ބުނީ، އެ ޕޯޓަލްގެ މަގްސަދަކީ، ބިޑަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަވާނޭ ގޮތަށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންތައް ކުރިޔަށް ގެންދިޔުމާއި ކަރުދާސް ބޭނުން ކުރާ މިންވަރު މަދު ކުރުން ކަމަށެވެ. 

މިއީ ބިޑް އަދި ޕްރޮޕޯސަލް އޮންލައިންކޮށް އެއް ޕްޓަލްއެއް މެދުވެރިކޮށް ހުށަހެޅުމަށް ރާއްޖޭގައި ހުޅުވާލެވޭ އެންމެ ފުރަތަމަ އޮންލައިން ޕޯޓަލް އެވެ. އެގޮތުން އޮންލައިންކޮށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސަބަބުން އާންމުންގެ ވަގުތު ސަލާމަތްވެ ފަސޭހަކަމާއި އެކީ މިކަން ކުރުމަށް މަގު ފަހިވެގެންދާނޭކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީން ބުނީ މިޕޯޓަލް މެދުވެރިކޮށް ބިޑްތަކުގެ ސްޓޭޓަސް ބަލާލެވުމުގެ އިތުރުން ޕްރޮ ޕޯސަލްތަކަށް ހުށަހަޅާފައިވާ ފަރާތްތަކަކީ މިކަމަށް ޤާބިލު ފަރާތެއްކަން ވެސް ޔަގީންކުރެވޭނެ ކަމަށާއި އެޗްޑީސީން ހުޅުވާލާ އާރްއެފްޕީ ތަކާއި ބިޑްތަކަށް ޕްރޮޕޯނަންޓްސް އާއި ވެންޑާސްގެ ގޮތުގައި ރަޖިސްޓަރީ ކޮށްގެން ޕްރޮޕޯސަލް އަދި ބިޑް ހުށަހެޅޭނެ ކަމަށެވެ. 

މި ޕޯޓަލް ބޭނުންކުރުމަށް އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓަރީ ކުރަންޖެހެއެވެ. އަދި ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ވެސް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުންވެސް ބިޑްތަކާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް މި ޕޯޓަލް ބޭނުންކުރެވިދާނެއެވެ. 

ބިޑް އަދި ޕްރޮޮޕޯސަލް ސަބްމިޝަން ޕޯޓަލްގެ ހިދުމަތް ލިބޭނީ އެޗްޑީސީގެ މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް