އާދިއްތަ ދުވަހު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މާޒިޔާގެ ލަނޑުތައް ޖެހީ ބިދޭސީ ފޯވާޑު ކޯނޭ އަދި އިބްރާހީމް ވަހީދު ހަސަން- އިއްބެއެވެ. އިއްބެވަނީ ތިން ލަނޑު ޖަހާފައެވެ.
ޔުނައިޓެޑު ވިކްޓްރީ އަތުން ހޯދި ތިން ޕޮޮއިންޓާއެކު މާޒިޔާވަނީ މި ސީޒަންގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސައްތައިން ސައްތަ ރިކޯޑަށް އަނެއްކާވެސް އިތުރުކޮށްފައެވެ. ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ކުޅުނު ފަސް މެޗުންވެސް މޮޅުވެ ލިބުނު ފަނަރަ ޕޮއިންޓާއެކު އެއްވަނައިގަ އެ ޓީމު އޮތް އިރު ބާކީ ދެ މެޗުން ޕޮއިންޓެއް ހޯދައިގެން ފައިނަލަށް ދެެވޭނެއެވެ.