ads
ދަރިވަރުންތަކެއް: ދެވަނަ ޓާމް ފެށެންވާއިރަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަންގާފައި
ދެވަނަޓާމް:ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޑިއުކޭޝަނުން ސްކޫލްތަކަށް އަންގައިފި
ދެވަނަ ޓާމަށް ސްކޫލުތައް ހުޅުވާއިރު ކޮވިޑު-19އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޑިއުކޭޝަން މިނސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

މިއަދު އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި، ރާއްޖެއިން ބޭރުން އަންނަ ދަރިވަރުން އަދި ސްކޫލު މުވައްޒަފުން ރާއްޖެ އަންނަތާ 3 ނުވަތަ 5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި މިޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވާން ވަނީ އަންގާފައެވެ. 

އަދި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު އެހެން ރަށަކަށް ދަތުރުކޮށް، އެރަށުގެ ސްކޫލަކަށް ހާޒިރުވާނަމަ އެފަރާތުންވެސް އެރަށަށް އަންނަތާ 3 ނުވަތަ 4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށާއި އެޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރުނުވާން މިނިސްޓްރީން ވަނީ އަންގާފައެވެ. 

މީގެ އިތުރުން ސްކޫލުތެރޭގައި ދަރިވަރުންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުމަށާއި، އަދި ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވެވޭނެ އިންތިޒާމް ސްކޫލުގައި ހަމަޖައްސާފައިހުންނަން ވާނެ ކަމަށްވެސް މިނިސްޓްރީން އަންގާފައިވއެވެ. 

މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ މިދުވަސްވަރު އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކުވެސް ސްކޫލުގެ ތެރޭގައި ގުރޫޕް ހަދައިގެން ކައިބޮއި ނުހެދުމަށާއި، ސްކޫލުތެރޭގައި ގާއިމްކޮށްފައިވާ 'އިންފެކްޝަން ކޮންޓްރޯލް މެޝާސް' ގެ އެންމެހާ ކަންކަން ފުރިހަމައަށް ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި އޮމިކްރޯން ވޭރިއެންޓް ދަނީ ހަލުއި ކަމާއެކު ފެތުރެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް