ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލައިފިއެވެ.

Advertisement
ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ އިސްތަށިގަނޑުގެ ކުލަ ބަދަލުކޮށްލައިފިއެވެ.
ކައިލީ އަކީ އޭނާގެ އިސްތަށިގަނޑުގައި އަބަދުވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނަ ފަންނާނެކެވެ. އެގޮތުން އަނެއްކާ ވެސް ކައިލީ މިވަނީ އިސްތަށިގަނޑުގައި ތަފާތު ކުލައެއް ޖައްސާފައެވެ.
ކައިލީ އޭނާގެ އިސްތަށިގަނޑުގައި ރީނދޫކުލަ ޖައްސާފައިވާއިރު ގިނަ ބަޔަކަށް ވަނީ އެބަދަލު ކަމުގޮސްފައެވެ. ކައިލީގެ މި ބަދަލަކީ މިއަހަރު އޭނާ ފުރަތަމަ ބަދަލުވެސް މެއެވެ.
ކައިލީއަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރެވެ. އެގޮތުން 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އުމުރުން 22 އަހަރުގައި ކައިލީ ވަނީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރަށް ވެފަ އެވެ. އޭނާއަކީ ފެޝަނުގެ ދުނިޔޭގައި ވެސް އެންމެ ނުފޫޒު ގަދަ އެކެކެވެ.