ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މީހާ މަރުވެގެން މަޑުއްވަރީ ހެލްތު ސެންޓަރަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 5:12 ހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މި މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށާއި މި މީހާގެ މަރާ މެދު ޝައްކު އުފެދޭ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނީ މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.