ads
ކޮމަންޑޫ އާއި މަތި ކޮމަންޑޫ
ކޮމަންޑޫ ބްރިޖްގެ އަމަލީ މަސައްކަތް ހުކުރު ދުވަހު ފަށަނީ
ށ. ކޮމަންޑު އާއި އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަތި ކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ކޮމަންޑޫ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ކޮމަންޑޫއާ އެއްފަޅެއްގައި އޮންން މަތި ކޮމަންޑޫ ގުޅާލަދޭނެކަން އިއުލާނު ކޮށްދެއްވާފައެވެ.

ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅައިލުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން އެ ރަށުގެ މީހުންނަށް ވީ ވައުދެއް ކަމަށާއި، އަދި މި ސަރުކާރުން އެ ވައުދު ފުއްދައިދޭނެ ކަމަށެވެ.

މި މަޝްރޫއުއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ، މި މަޝްރޫގެ ވާހަކަ ދައްކަވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއާ ގުޅުވައިގެން ކަމަށް ބަޔަކަށް ހީވިޔަސް ކެމްޕޭނާ މި މަޝްރޫއު އާ ގުޅުމެއްނެތް ކަމަށާއި މިއީ ހަމަ ފުލް ސްޕީޑުގައި އަވަހަށް ކޮށް ނިންމާލަން ޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތުގެ ޕްލޭންތައް ހަދައި ނިމި، ހަފުތާއެއްގެ ތެރޭގައި ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށަން ނިންމާފައިވާކަން ޕްލޭނިން މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށާއި އަދި މި މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރާއި ކައުންސިލުން މި ދެ ރަށް ގުޅައިލުމަށް ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ވިދާޅުވި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާއިރު، މަޝްރޫއު ފައްޓަވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަދި މަތި ކޮމަންޑޫގެ ބިން ހިއްކުމަށް ފަހު ކޮމަންޑޫ އާ ގުޅުވާލުމަށް ހަމަޖެހިފައި ވަނީ ބްރިޖަކުންނެވެ.

މި މަސައްކަތް ހަވާލުކުރާނެ ފަރާތަކާއި، ނިންމަން ހޭދަވާނެ މުއްދަތު އަދި ކަނޑައަޅާފައެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް