ads
ހުޅުދޫ-----
މާބަނޑުވިކަން ނޭންގި ހުއްޓާ 4 މަހުގައި ކުއްޖާ ދިޔައީ ބައިގެން
އައްޑޫ ސިޓީ ހުޅުދޫ އަންހެނަކު މާބަނޑުކަން ނޭންގި ހުއްޓާ ހަތަރު މަހުގައި ކުއްޖާ ބައިގެންގޮސް ދެތިން މިނިޓް ތެރޭގައި ކުއްޖާ މަރުވެއްޖެ އެވެ.

"ސީއެންއެމް" އަށް މިކަމާއި ގުޅޭގޮތުން މައުލޫމާތުދިން އެރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑް މިނިސްޓްރޭޓަރު އިބްރާހީމް ދީދީ ވިދާޅުވީ، އެ ހާދިސާ ހިނގީ ރޭ ފަތިހު އިރުއަރަން ކައިރިވެފައި ވަނިކޮށް ކަމަށެވެ. 

އަދި އުމުރުން 25 އާއި 27 އަހަރާއި ދެމެދުގެ އެ އަންހެން މީހާއަށް ބަނޑު ބޮޑުކަން ނޭންގޭ ކަމަށާއި އޭނާ ސިއްހީ މަރުކަޒަށް އައީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޭ މަރުކަޒަށް އައި އިރު ނޭންގޭ ކަމަށް ވަނީ ޕްރެގްކަން. ދެން ހަމަ ކުއްޖާ ބައިގެންގޮސްފަ ދެތިން މިނިޓް ތެރޭ މަރުވެއްޖެ" އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބަނޑަށް ހަތަރު މަސް ވަރުވެފައި ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހާރު އެ އަންހެން މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ބަނޑުބޮޑުކަން ނޭނގި ހުއްޓާ ބައިގެންދިޔަ މި އަންހެން މީހާގެ އިތުރު ދަރިއަކު ހުރެއެވެ.

ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ބަނޑުބޮޑުކަން ނޭނގި ބައިގެން ދިއުމަކީ ވެދާނެ އަދި ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ. 

އެގޮތުން މީގެ ކުރިންވެސް ބަނޑުގައި ރިއްސާތީ އައި އަންހެނަކު ބައިގެންދިޔައިރު ބަނޑަށް ނުވަމަސް ފުރި އިނީ ވިހަން ތައްޔާރުވެފައި ކަމަށާއި އެފަހަރު އޭނާއަށްވެސް ބަނޑުބޮޑުކަން ނޭނގޭކަަމަށް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ. 

ބަނޑުބޮޑުކަން ނޭނގިހުއްޓާ ބައިގެން ދިއުމަކީ މަދުން ނަމަވެސް ދިމާވާ މައްސަލައެކެވެ.

60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް