ads
މީގެކުރިން ލައިސަންސް ނަގާ ސަރަހައްދުގައި ބަޔަކު ސައިކަލު ލައިސަންސް ނެގުމަށް ފަރިތަކުރަނީ
ޑްރައިވިން ސްކޫލެއްގައި ބައިވެރި ނުވަންޏާ ލައިސެންސް ނުލިބޭ ގޮތަށް ގަވައިދު ހަދައިފި
މިއަދުން ފެށިގެން އެއްގަމު އުޅަނދު ފަހަރުގެ ލައިސެންސް ނަގަން ބޭނުން ނަމަ ޑްރައިވިން ސުކޫލެއްގައި ބައިވެރި ވާން ޖެހޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
Advertisement

މި ގެނެވުނު އިސްލާހާއި އެއްކޮށް ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ދޭ އިމްތިހާނުން ފާސް ވުމުން ލައިސެންސް ދިނުން ހުއްޓިގެން ދާނެއެވެ. މި އިސްލާހުގައި ވަކި ވަގުތެއް ވަންދެން ޑްރައިވިން ސުކޫލެއްގައި ބައިވެރިވުން ލާޒިމް ކޮށްފައި ވެއެވެ. 

މި ގެނެވުނު ބަދަލުގައި ވާގޮތުން، ލައިސެންސް ބޭނުންވާ ފަރާތެއް ނަމަ ކަނޑައެޅިފައިވާ ވަކި ވަގުތެއް ޑްރައިވިން ސުކޫލުގައި ފުރިހަމަ ކުރަން ޖެހެއެވެ. އަދި ލައިސެންސް އަށް އެދި ހުށައަޅާއިރު، އެމީހަކީ ދުއްވަން ފަރިތަ މީހެއް ކަމަށް ސުކޫލުން ދޭ ލިއުން ހުށައަޅަން ޖެހޭނެއެވެ. 

މި ގެނެވުނު ބަދަލުގައި ވާގޮތުން، ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެ އެވެ. އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް އާ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ގަވައިދުގައި ބުނެފައިވަނީ، ޑްރައިވިން ސުކޫލަކަށް ކޮންމެ ކެޓެގަރީއަކަށް ނެގޭނީ އެންމެ ބޮޑުވެގެން 1500 ރުފިޔާ ކަމަށާއި، މި އަގަށް ވުރެ ބޮޑު ކޮށް ނަގާނަމަ އެ ސުކޫލެއްގެ ހުއްދަ ބާތިލް ކުރެވޭނެ ކަމަށެވެ. 

އަދި ޑްރައިވިން ސުކޫލް ތަކުގެ އިންސްޓަރްކްޓަރުންނަކީ މިކަމަށް ހާއްސަކޮށް ތަމްރީން ލިބިފައިވާ ފަރާތްތަކެއް ކަމަށް ވާން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން އާއްމު ކުރި ގަވައިދުގައި ވަނީ ބުނެފައެވެ. 

15%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
31%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް