ads
ކުނި މެނޭޖްކުރާނެ އާލާތްތައް ދައްކާލުމުގެ ފުރުސަތު ދެނީ ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ކުނި މެނޭޖްކުރާ އާލާތްތައް ދައްކާލުމުގެ ފުރުސަތެއް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލަނީ
ކުނި މެނޭޖްކުރާ އާލާތްތައް ދައްކާލުމުގެ ފުރުސަތެއް ރާއްޖެއާއި ރާއްޖޭން ބޭރުގެ ސަޕްލަޔަރުންނަށް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

އެގޮތުން އެ މިނިސްޓްރީން 23 ޖެނުއަރީ ގައި ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަކޮށްގެން ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

މި މަސައްކަތު ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އުފެދޭ ކާބޯތަކެތީގެ ބާކީއާއި ކުރުމުއްދަތެއްގައި އަމިއްލައަށް ނެތިފަނާވާ ޒާތުގެ ކުނި މެނޭޖުކުރުމަށް ދާއިމީ ހައްލެއް ހޯދުމަށް މަޝްވަރާ ކުރެވޭނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

ހަމައެހެންމެ، މި ބާވަތުގެ ކުނި ނައްތާލުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭނުންކުރާ އާލާތްތަކާއި، ގޮތްތައް ރާއްޖެއަށް ތަޢާރުފުކޮށް، ސަޕުލައިކޮށްދޭ ފަރާތްތަކާއި، މިފަދަ އާލާތްތަކުގެ މަޢުލޫމާތު މި ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.  އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާގައި އުފެދޭ ކުނި، ޚާއްސަކޮށް ކުރުމުއްދަތެއްގައި އަމިއްލައަށް ނެތިފަނާވާ ޒާތުގެ ކުނި މެނޭޖުކުރުމަށް ބޭނުންކުރާ އާލާތްތައް ސަޕްލައިކޮށްދޭ ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް މިބައްދަލުވުމަށް ދައުވަތު އަރުވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިބައްދަލުވުމުގައި ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް 20 ޖެނުއަރީ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުމަށްވެސް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް