ads
ޑޯނަޓް
ފަސޭކޮށް ފްލަފީ ޑޯނަޓް ހަދާނެ ގޮތް!
ޑޯނަޓަކީ ވަރަށް ގިނަ ފަރާތްތަކަށް މީރު އެހާމެ ކަމުދާ ފޮނި ޕޭސްޓްރީ ކާއެއްޗެކެވެ. މިއީ ގިނަމީހުންނަށް ކަމުދާ އެހެން ނަމަވެސް ގިނަ މީހުންނަށް ތައްޔާރު ކޮށްލަން އުނދަގޫ އެއްޗެކެވެ. މި ރެސިޕީ ލިޔަނީ އެއްމެ އާދައިގެ އަދި ސޮފްޓް ކޮށް ޑޯނަޓް ތައްޔާރު ކޮށްލެވޭނެ މޮޅު ގޮތަކަށެވެ.
Advertisement

އެގޮތުން ޑޯނަޓް ތައްޔާރުކޮށްލުމަށް ރެސިޕީ އަށް ބޭނުންވާ މިންގަޑަށް ސާމާނު އެޅުމަކީ ވަރަށް މުހިއްމު ކަމަކެވެ. ޕޭސްޓްރީ ކެއުން ތަކުގެ ތެރޭގައި ހިމެނޭ ޑޯނަޓަކީ އެއަށް ބޭނުންވާ އެއްވެސް އެއްޗެއް ފުށްގަޑަށް އަޅާއިރު އުނި ވެއްޖެ ނަމަ ނުވަތަ ފުށްގަނޑު މާލިސް ކުރުމުގައި ވަގުތު ހަމަ ނުވެ، އަދި ހަނދާން ނެތިގެން ދެވަނަ ފަހަރަށް ނޭޅޭ އެއްޗެއް އިތުރު ކޮށްލި ނަމަވެސް ޑޯނަޓްގެ ފުއްގަނޑު އެއްކޮށް ހަރުވެ އޭގެ ޒާތުގައި އެ ހަލާކުވެގެން ދާނެ އެއްޗެކެވެ.  

ޑޯނަޓް ހަދާ ކޮންމެ ބޭފުޅަކުވެސް މިކަންތައްތަކަށް ސަމާލުވެ ފުށްގަނޑު ރަނގަޅަށް މާލިސް ކުރުމާއެކު ފުށްގަނޑު މޮޑެވިއްޖެ ނަމަ ޑޯނަޓްގެ އެއްވެސް މައްސަލައެއް ނުޖެހި ރަނގަޅަށް ސޮފްޓް ކޮށް ހަދާލެވޭނެއެވެ. މި ރެސިޕީ އަށް ރަނގަޅަށް ޕަވަރު ހުރި އީސްޓެއް ބޭނުން ވާނެއެވެ.

ބޭނުން ވާ ސާމާނު:

1 ކިލޯ ފުށް 

1 ބިސް

2 ސަމްސާ އީސްޓް

1 ޓޭބަލް ސްޕޫން ބޭކިން ޕައުޑާ

3 ސަމްސާ މާޖިރިން

4 ސަމްސާ ދޯބަރަލި ހަކުރު

2 ޓޭބަލް ސްޕޫން ލޮނު

2 ޖޯޑް ފެން

1 ސައިސަމްސާ ވެނީލާ އެސެންސް

2 ސަމްސާ ހިކި ކިރު

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ މާޖިރިން ފުށް ފިޔަވާ އެހެން ހުރިހާ އެއްޗެއް ތައްޓަކަށް އެޅުމަށްމަށް ފަހު މަތި ޖަހާފައި 5 ވަރަކަށް މިނިޓަށް ބަހައްޓާނީއެވެ. އޭރުން އީސްޓް ރަނގަޅަށް ފޯވެގެން ދާނެއެވެ. ދެން އޭގެ ތެރެއަށް ކިރު އަޅާލާފައި ދެތިން މިނެޓްވަންދެން އަނެއްކާވެސް ގިރާލާށެވެ. އެއަށް ފަހު ތައްޔާރު ކޮށްލީ ފެން ފުއްގަނޑާ އެއްކޮށް މިކްސް ކުރުމަށް ފަހު ރަނގަޅަށް ޖާގަ ހުރި ތައްޓެއްގައި 15 މިނިޓް ވަންދެން މޮޑެލާނީއެވެ.

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
36%
ވަރަށް ސަލާމް
ކޮމެންޓްސް