ޝޯގެ އޯޑިއަންސް ރަނގަޅު ކުރުމަށް އެކްޓަރުން ވަނީ ބުރަ މަސައްކަތްތައް ކޮށްފައެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ ބެލުންތެރިންގެ ސަމާލުކަން ހޯދުމުގެ އިތުރުން ޝޯއަށް އިހްލާސްތެރި ބެލުންތެރިން ހިފަހައްޓާލަން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ވަރަށް ވަރުގަދަ އަޒުމަކާއި ކެތްތެރިކަމެއް އެކު، މި ޝޯ މިވަނީ އަނެއްކާވެސް ބޮޑު ކާމިޔާބަކާ ހަމައަށް ގޮސްފަ އެވެ. 11 ޖަނަވަރީ 2022 ގައި މި ޝޯގެ ކާމިޔާބު 400 އެޕިސޯޑް ގެ ނިމުން ވަނީ ފާހަގަކޮށްފައެވެ.
މި ލިބުނު ބޮޑު ކާމިޔާބީއާ ބެހޭ ގޮތުން ޝޯގެ ލީޑް އެކްޓަރު ނީލް ބަޓް ބުނީ 400 އެޕިސޯޑް ނިންމާލެވުމަކީ ޝޯގެ ހުރިހާ ބައިވެރިންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށާއި، މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށެވެ. އަދި މީގެ އިތުރުން ނީލް ވަނީ ޝޯގެ ސަޕޯޓަރުންނާއި، ބެލުންތެރިން ކެނޑިނޭޅި ޝޯއަށް ދެމުންދާ ލޯތްބަށް ޝުކުރު އަދާކޮށްފައެވެ.
އެކްޓްރެސް އައިޝާ ސިންގް ބުނީ ޝޯގެ 400 އެޕިސޯޑް މިމުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމަށެވެ. އަދި މި ވަގުތަކީ ޝޯއާއި ގުޅުންހުރި ފަރާތްތަކަށް އުފާވެރި ވަގުތުކޮޅަކަށް ވާނެކަމަށާއި، ލަނޑުދަނޑިއަކާއި ހަމަޔަށް ވާސިލްވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. ސައިގެ ރޯލް ކުޅުމުގެ ފުރުސަތު ލިބުނީތީ އައިޝާ ވަނީ ޗެނަލް އާއި ޕްރޮޑިއުސަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ޝޯއާއި ގުޅޭގޮތުން ވާހަކަދައްކަމުން އެކްޓްރެސް އައިޝްވާރިޔާ ޝަރްމާ ބުނީ ހާތަނަށް އޭނާއަށް ލިބުނު ކާމިޔާބީ އާއި ލޯބި އެންމެ ބޮޑަށް ލިބުނީ ޔުނިޓެއްގެ ގޮތުގައި މުޅި ކާސްޓުންނާއި ކްރޫއިން ކުރި މިންނެތް މަސައްކަތުގެ ސަބަބުންކަމަށެވެ. އަދި ކުރިއަށް އޮތްތާގަވެސް އޯޑިއަންސްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.
މީގެ އިތުރުން އައިޝްވާއިއާ ބުނީ ބެލުންތެރިންނާއި ގާތް ގުޅުމެއް އުފެއްދުމަށް އަބަދުވެސް މަސައްކަތްކުރާނެކަމަށާއި، ޝޯގެ ސެޓަކީ ވަރަށް ޕޮޒިޓިވް އަދި އުފާވެރިކަމުން ފުރިގެންވާ ސެޓެއްކަމަށެވެ. އަދި ކުރިއަށްއޮތްތާގައިވެސް ޝޯ އިތުރު ހަރުފަތަކަށް ވާސިލްވުމަށް އެދޭކަމަށް އޭނާ ބުނެފައެވެ.
"ގުމް ހޭ ކިސިކީ ޕިޔާރް މޭ" ގެ ކާސްޓާއި ކްރޫއަށް ތައުރީފު އޮހެމުން އަންނައިރު، ކާމިޔާބު 400 އެޕިސޯޑް ގެ ނިމުން ފާހަގަކޮށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.