ads
ނެގި ފޮޓޯތަކުގެ ބަދަަލަށް ރާއްޖެއިން ބައްދަލުވި މަކާއޯ ބޭނުންވީ ސަނީގެ އަވިއައިނު!
މަޝްހޫރު ބޮލީވުޑްތަރި އަދި އެމްޓީވީ ސްޕިޓްސް ވިލާގެ ހޯސްޓު ސަނީ ލިއޯން އަނެއްކާވެސް ރާއްޖެ މިވަނީ އައިސްފައެވެ.

ސަނީ މިފަހަރު ޗުއްޓީ ހޭދަކުރަމުންދަނީ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ ގައެވެ. އޭނާ ދަނީ ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ހިއްސާ ކުރަމުންނެވެ.

އެގޮތުން ރޯޔަލް އާއްމުންގެ ސަމާލުކަން ހުއްޓުނީ މަކާއޯއަކާއިއެކު ނަގާފައިވާ ފޮޓޯތަކަކަށެވެ. 

your imageމަކާއޯ ސަނީގެ އައިނު ދަމައިގަންްނަނީ

އެ ފޮޓޯތަށް އިންސްޓަގްރާމުގައި ހިއްސާކުރަމުން ސަނީ ބުނީ، އެ މަކާއޯ ބޭނުންވީ އޭނާގެ އަވިއައިނު ކަމަށެވެ. އަދި އެ އަވިއައިނު ބޭނުންވެގެން އެ ދަމައިގަތުމާއި ހަމަޔަށް މަކާއޯ އުޅުނީ ވަރަށް ލޯބިކޮށް ކަމަށްވެސް އޭނާ ބުންޏެވެ.

މަކާއޯއާއިއެކު ނަގާފައިވާ އެ ފޮޓޯތަކުން ފެންނަ ގޮތުން ސަނީއާއިއެކު ރީތި ފޮޓޯތަކެއް ނެގުމަށްފަހު ދެން ފެންނަނީ މަކާއޯ ސަނީގެ އަވި އައިނުގައި ދަތްއަޅާ ދަމާގަންނަ ތަނެވެ. އަދި އެވަގުތު މަކާއޯ ގެންގުޅޭ މީހާ ސަނީ ސަލާމަތްކޮށްދޭން އުޅޭ މަންޒަރާއި ސަނީ ބިރުން އުޅޭ މަންޒަރު ފެނެއެވެ. 

ސަނީ ވަނީ މީގެ ހަތަރު މަސް ކުރިން ވެސް އާއިލާ އާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކޮށްފައެވެ. އެފަހަރު ޗުއްޓީ ހޭދަކުރީ ސަން ސިޔާމް އޮޅުވެލިފުށީގައެވެ. އެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ގިނަ ފޮޓޯތައް ފޭނުންނަށް ހިއްސާކުރި އިރު ރާއްޖެ ދޫކޮށް ދާން ޖެހުމުން ދެރަވެ ހިތާމަކުރި ކަމަށް އޭރު ސަނީ ވަނީ ބުނެފައެވެ.

27%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް