ads
ފިރިހެނަކު އަމިއްލައަށް ބަނޑުން މިންބަލަނީ....
ކޮބާ އާ އަހަރަށް ހިންދާލަން ބުނި ބަނޑު؟
ބަނޑުލުމަކީ ކުރިންވެސް އަދި މިހާރުވެސް ގިނަބަޔަކު ތަހައްމަލް ކުރަމުންދާ އުނދަގުލެކެވެ.

ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ އަޒުމަކަށް ވަނީ ބޮޑުވެފައިވާ ބަނޑު ހިންދާލުން ކަމަށް ވާއިރު އެކަން ކާމިޔާބު ވެފައި ވަނީ ވަރަށް މަދު ބަޔަކަށެވެ. އާންމުކޮން ބަނޑުލާން ދިމާވާ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ކުރަން ވާވަރަށް ކަސްރަތު ނުކުރެވުމާ، ކެއުމަށް ބަލަން ވާވަރަށް ނުބެލުމެވެ. މީގެ ތެރެއިން ގިނަ ބަޔަކީ އަދާކުރާ ވަޒީފާގެ ގޮތުން ކަސްރަތު ކުރަން ނުވަތަ އަމިއްލަ ހަށިގަނޑަށް ބަލަން ޖެހޭވަރަށް ނުބެލޭ މީހުންނެވެ. ނަމަވެސް ކަމެއް ހާސިލް ކުރަން ބޭނުންނަމަ އެކަމަށް ގަދައަޅާ މަސައްކަތް ކުރަންވާނެވެ.

your imageއާއަހަރަށް ބަނޑުހިންދާލުމަށް އަޒުމްކަންޑައެޅުން ރަނގަޅު

އާ އަހަރެށް ފެށޭއިރު ސޯޝަލް މީޑިޔާގައި "އާއަހަރަށް ދުވަންދާން މިއުޅެނީ، އަހަރެން ބަނޑު ހިންދާނީ އައްނަ އަހަރު ، އަހަރެންވެސް އަދި ހިކޭނަން ، މީ އާ އަހަރާ ދިމާކޮށް ސޯޝަލް މީޑިޢާއިން ފެންނާނެ އާންމު ޕޯސްޓް ތަކެކެވެ. މި ގޮތަށް ޕޯސްޓް ޖަހާއިރު މި ކަން ކަން ކުރެވެނީ ކިތަށް މީހުއްނަށްބާވައެވެ. ހަށިގަނޑު ރީތި ބައްޓަމެއްގައި ބަހައްޓަން ކޮންމެ މީހަކުވެސް ބޭނުން ވެއެވެ. އެކަމަކު އެކަމަށް ކުރަން ޖެހޭ މަސްކަތް ކުރަންޖެހުމުން އެކަން އޮއްނަނީ ބޮޑު ކަމަކަށް ވެފައެވެ.

އާ އަހަރަށް ހިންދާލަން އުޅޭ ބަނޑު މިއަހަރު ނިމެންވާއިރު ހިންދާލަން ހިނގާށެވެ. މި ކަމަށް ވަގުތު ހުސްކޮށް ،ގަދަ އަޅާ މަސައްކަތް ކުރަންވީއެވެ. ތި އަރާ ކޮފީތަށް އިހަށް މަޑު ޖައްސާލުމަށްފަހު ތި ބޮޑުވެގެން އުޅޭ ބަނޑު ހިންދާލަން ދުވަން ނުވަތަ ޖިމަށްދާން ފަށަން ހިނގާށެވެ. މީ ނަސޭހަތެށް ކަމަށް ބަލައި މިކަމަށް އަމަލުކުރަން ފަށަމާހެއްޔެވެ. ގައިމުވެސް ދެރަގޮތެއް ނުވާނެވެ. އެއީ ހަމަ ޔަގީނުންވެސް ވާނެ ކަމެށް ނޫނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް